މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ 02 އިން 20 އަށް އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރެއިން މި އޮތޯރިޓީ ހުޅުވުމަށް ހަމަޖެހިފައިވާ 02 (ދޭއް) ދުވަސް ކަމުގައިވާ 27 އަދި 29 މާރިޗު 2025  އާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ގެ ތެރެއިން ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި، މިއޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި، ބޭންކިންގެ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގަޑިތަކުގައެވެ.

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

 

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2025
ހޯދާ