ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބެހުމާބެހޭ!

1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޑަވެލީ ކައުންސިލަށް ފޮނުވާފައިވާ 2 ކިލޯގެ 110 ޕަކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، 2025 ފެބްރުއަރީ 12 ވަނަ ދުވަހުން ފެށިގެންނެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުއަރީ 12 އިން 18 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 -14:30 އަށް ލިބިފައިވާ ކަދުރު ހުސްވަންދެން މީހުންދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގެއަކަށް 1 ޕަކެޓް ކަދުރެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ފެބުރުވަރީ 2025
ހޯދާ