އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރިންޓަރ އަދި ސްކޭނަރ ގަތުމާބެހޭ
އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް ޕްރިންޓަރ އަދި ސްކޭނަރ ގަތުމާބެހޭ
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.
- 08 ކުލަ ޕްރިންޓަރ A3
- 07 ޑޮކިޔުމަންޓް ފްލެޓްބެޑް ސްކޭނަރ
- 05 ނެޓްވާރކް އޯލް އިން ވަން ލޭޒަރ ޕްރިންޓަރ
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަނޭޅުއްވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުމުގެ ސެޝަންގައި ވެސް ބައިވެރިނުވެވޭނެއެވެ.
17 ޝައްވާލް 1436
02 އޮގަސްޓް 2015
ހޯދާ