މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށްދެވޭ ބިންތަކުގެ އެންމެ ކުޑަ އަގު ކަނޑައެޅުން

ބ. ކިހާދޫގައި ދިރިއުޅުން ނޫން ބޭނުންތަކަށް ކުއްޔަށް ދޫކުރެވޭ ބިންތައް، ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ އަގުގެ ގޮތުގައި މިކައުންސިލުގެ 4 ވަނަ ދައުރުގެ 68 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާ އަގުތަށް ރިވިއުކޮށް 2025 ފެބްރުއަރީ 9 އަކުން ފެށިގެން ތިރީގައިވާ ގޮތަށް އަގުތަށް ބަދަލުކުރުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 135 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.


• ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް            1.00 ރުފިޔާ އަކަފޫޓަކަށް.
• ދަނޑުވެރިކަން ކުރާ ސަރަހައްދުތަކަށް                   0.04 ރުފިޔާ އަކަފޫޓަކަށް.
• އާންމުން ދިރިއުޅޭ ސަރަހައްދުތަކުން                    1.00 ރުފިޔާ އަކަފޫޓަކަށް.
• ބަނދަރު ސަރަހައްދުން                            2.00 ރުފިޔާ އަކަފޫޓަކަށް.
• ގެސްޓްހައުސްތަކަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތައް       6.00 ރުފިޔާ އަކަފޫޓަކަށް.
• ޓޫރިޒަމް އާގުޅޭ އެހެނިހެން ބިންތައް(ޑައިވް، ވޯޓަރ ސްޕޯޓްސް)   6.00 ރުފިޔާ އަކަފޫޓަކަށް.
• ކޭބަލް ޓީވީ އަދި މުވާސަލާތީ ބޭނުންތަކަށް                1.00 ރުފިޔާ އަކަފޫޓަކަށް.


މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2025
ހޯދާ