ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމުގެ ޤާނޫންގެ 107 ވަނަ ނަމްބަރުގައިވާ ގޮތުގެމަތިން މިކައުންސިލުން އާންމުކޮށް ހުޅުވާލައިގެން ފެބްރުވަރީ މަހުގެ ތެރޭގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ "ރައްޔިތު ބައްދަލުވުން 1 - 2025" 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި މަޑަވެލި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާއި މާލީ ރިޕޯޓް އަދި 2025 ވަނަ އަހަރު ކުރިއަށް ރާވާފައިވާ ޙަރަކާތްތައް ހިއްސާކުރުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް މަޑަވެލީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ފެބުރުވަރީ 2025
ހޯދާ