ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2025/17 ތާރީޚް: 11 ފެބްރުއަރީ 2025
އިޢުލާން
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅައިފައިވާ ބިންތަކުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުން.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
No # |
Plot Name |
Est. Size (SQM) |
1 |
Plot A |
14,386.33 |
2 |
Plot B |
6,895.69 |
3 |
Plot C |
6,866.18 |
4 |
Plot D |
2,065.96 |
5 |
Plot E |
2,065.96 |
6 |
Plot F |
2,065.96 |
7 |
Plot G |
2,170.40 |
8 |
Plot H |
2,170.40 |
9 |
Plot I |
2,170.40 |
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 8 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 23 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލުގެ އީމެއިލް [email protected] އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 6 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 13:00 އާއި ދެމެދު ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރިސެޕްޝަންއިން ނުވަތަ މެއިލް މެދުވެރިކޮށެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.