މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އޮފީސް އިކުއިޕްމަންޓް ގަތުމަށް

ސަބާ ޕްރޮޖެކްޓް – ސީ.އެފް.ސީ ތަކަށް ބޭނުންވާ އޮފީސް އިކުއިޕްމަންޓް ގަތުމަށް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) ގެ ދަށުން ޤާއިމުކުރާ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރުތަކަށް (ސީ.އެފް.ސީ) އޮފީސް އިކުއިޕްމަންޓް ހޯދުމަށްޓަކައި ކުރި މިމިނިސްޓްރީގެ އިޢުލާނު ނަންބަރު IUL)101-AF/1/2014/161)ފ(18 ނޮވެންބަރު 2014) ބާޠިލުކުރި ވާހަކަ ދަންނަވަމެވެ. އަދި މިތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސެޝަނަށް 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މ. ބޭންފްވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްހޯލަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މ. ބޭންފްވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްހޯލުގައެވެ. 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

18 ޝައްވާލު 1436

03 އޮގަސްޓް 2015
ހޯދާ