ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކޮށްފައިވާ 51 އެއަރ ކޮންޑިޝަން ޔުނިޓް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން

  1. ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކޮށްފައިވާ 51 އެއަރ ކޮންޑިޝަން ޔުނިޓް ނީލަމުގައި ވިއްކާލުމަށް މި ޚިދުމަތުގެ ނަންބަރު 171-Y(FBM3)/IUL/2025/3 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް finance.asset@police.gov.mv އަދި am_C2096@police.gov.mv އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2025 ފެބުރުވަރީ 16 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ، 2025 ފެބުރުވަރީ 17 ވަނަ ދުވަހު 09:30 (ހެނދުނު) ގައި ޕޮލިސް ވެހިކަލް ގަރާޖުގައެވެ.
  5. ނީލަން ކިއުން އޮންނާނީ، 2025 ފެބުރުވަރީ 18 ވަނަ ދުވަހުގެ 10:00 (ހެނދުނު) ގައި އިސްކަންދަރު  ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  6.  ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
11 ފެބުރުވަރީ 2025
ހޯދާ