ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

އިޢުލާން

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު


އެޗްއާރްސީއެމް އިން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމަށް ބާއްވާ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އދ. އަތޮޅުގެ 25 ފަރާތްތަކަށް ހުޅުވާލަމެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ އިންސާނީ ޙައްޤުތަކާއި، އިންސާނީ ޙައްޤުތައް ދިފާޢުކުރާ ފަރާތްތަކުގެ ޙައްޤުތަކަށް ހޭލުންތެރިކުރުވުމާ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމަށް އެފަރާތްތައް ބާރުވެރިކުރުވުމެވެ. ބައިވެރިންނަށް ރަށު ފެންވަރުގައި އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކޮށް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތައް މަޝްވަރާކުރެވިގެން ދާނެއެވެ.

ދެ ދުވަހުގެ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ފެބުރުވަރީ 23 - 24 އަށް އދ. މަހިބަދޫގައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް  އދ. އަތޮޅުގެ ރަށްރަށުން އދ. މަހިބަދޫއަށް ދިއުމުގެ ދެކޮޅު ފެރީގެ ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދަށް ދައުލަތުގެ ރޭޓުން އެލަވަންސް ހަމަޖެހިގެންދާނެއެވެ.  

ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރކޮށްފައިވާނަމަ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއެރުވުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި، ސިޔާސީ މައިދާނުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށާއި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ފެބުރުވަރީ 17 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3003152 އަށް ގުޅުއްވުން ނުވަތަ advocacy@hrcm.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

https://forms.office.com/r/MAYXBtRbVK

 

11 ފެބުރުވަރީ 2025
ހޯދާ