ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް މަރާމާތު ކުރުން

 

 

އިޢުލާން

ނަންބަރ:

(IUL)421/ESMSED/421/2025/07

ތާރީޚް

‏ 12 ޝަޢުބާން 1446

 11 ފެބުރުވަރީ 2024

 

މިސްކިތްތައް މަރާމާތު ކުރުން

 

            މިރަށުގައި ނަމާދުކުރާ މިސްކިތްތަކުގެ ތެރެއިން 05 މިސްކިތެއް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 ވީމާ،މިދެންނެވި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ހުށަހަޅާ ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީގެ މުއްދަތުހަމަނުވާ ކޮޕީއެއް އެއްކަރުދާސްކުރަންވާނެވެ.

             މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

 

           އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

11 ފެބުރުވަރީ 2025
ހޯދާ