ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މަޤާމް:       

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ސެކްޝަން:

އައި. ޓީ. ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:                

MS 1

މަޤާމުގެ  ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް ލިބެމުންދިޔުމާއެކު، GS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު       މަސްއޫލިއްޔަތު:

  1. ކޯޓުގެ މައްސަލަތަކުގެ ތާވަލުތަކާއި، ކޯޓުގެ ނިންމުންތައް ވެބްސައިޓްގައި ޝާޢިއުކުރުމުގައްޔާއި، ކޯޓުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ކޯޓުގެވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  3. ޑޭޓާބޭސް އަދި އިންޓްރަރ ނެޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.
  4. ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް މެއިންޓެއިން ކުރުން.
  5. ސޮފްޓްވެއަރ މެއިންޓެއިން ކުރުން.
  6. ކޯޓުގެ ކޮމްޕިއުޓަރތަކާއި އެއާގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  7. ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެ މަސައްކަތެއް ކުރުން.
  8. މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތް ކުރުމާއި، ނުރަސްމީ ގަޑީގައި ވެސް ވެރިން އަންގަވާ ރަސްމީ މަސައްކަތް ކުރުން.

މުސާރަ:

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ ) އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާގެ ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ) ޓްރާންސްކްރިޕްޓާއެކު
  3. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު، ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  6. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން.
  7. ވަޒީފާ އަދާކުރާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
  8. ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ސުންގަޑި:

2015 އޮގަސްޓު 13 ގެ 14.00 އެވެ.

އިންޓަވިއު:

މަތީގައިވާ މަޤާމްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓް ލިސްޓް ކުރެވޭނީ، މަސައްކަތަށް ބޭނުންވާ ހުނަރުގެ ބައިން ފާސްވާ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

- އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޝައްޥާލް 1436

02 އޮގަސްޓް 2015
ހޯދާ