އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޡުންގެ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން

މަސައްކަތުގެ ތަފްސީލް:

ޙާފިޡުންގެ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން

އިޢުލާނު ނަންބަރު:

(IUL)339-CAA/339/2025/8

           1446ވަނަ އަހަރުގެ ރަމަޟާން މަހުގެ ތަރާވީޙް ނަމާދުކުރުމަށް މިކައުންސިލުން ގެންނަ ބޭރު ޙާފިޘުގެ ހުރުމާއި އަދި ފަރިއްކޮޅުގެ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          މިމަސައްކަތަށް އަގު ހުށައަޅާފޯމް އަދި މި މަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް އިއުލާނާއެކު އެއްހީރަސްކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 16 ފެބުރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް މެދުވެރިކޮށް ނުވަތަ 6660537 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބުރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށައެޅުމަށް މި އިދާރާއަށް ހާޟިރުވުމަށް ދަންނަވަމެވެ.އަދި ދަންނަވާފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

11 ފެބުރުވަރީ 2025
ހޯދާ