ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލް) އިން ޖާގަ ދޫކުރުން

ދ.ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލް) އިން ޖާގަދޫކުރުން

  • 03 ކޮޓަރީގެ އެޕާޓްމަންޓް:

        މިމަރުކަޒުގެ ދަށުން ދ.ކުޑަހުވަދޫގައި ޤާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލް) އިން 2 އެޕާޓްމަންޓް ހުސްވެފައިވާތީ، އެޕާޓްމަންޓް ހޯދުމަށް އެދޭފަރާތްތަކުން ދަނާލްގެ ޖާގައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް އިޢުލާން ކުރީމެވެ.

 

  • 04 ކޮޓަރީގެ އެޕާޓްމަންޓް:

        މިމަރުކަޒުގެ ދަށުން ދ.ކުޑަހުވަދޫގައި ޤާއިމްކުރެވިފައިވާ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލް) އިން 1 އެޕާޓްމަންޓް ހުސްވެފައިވާތީ، އެޕާޓްމަންޓްތަށް ހޯދުމަށް އެދޭފަރާތްތަކުން ދަނާލްގެ ޖާގައަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުމަށް އިއުލާން ކުރީމެވެ.

 

1         އާރު.އެލް.ސީ ގެ އެޕާޓްމަންޓް ހޯދުމަށް އެދޭ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް:

1.1   ކުޑަހުވަދޫގެ ރައްވެއްސެއްކަމުގައި ނުވުމާއެކު ދިވެހިރައްޔިތެއް ކަމުގައިވުން (އެހެންނަމަވެސް ކުޑަހުވަދޫގެ ދަފްތަރުގައި ތިބޭ ފަރާތްތަށް އިސްތިސްނާވާނެއެވެ.)

1.2   ހުށަހަޅާ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ރަޖިސްޓްރީވެގެން ކިޔަވާ މަދުވެގެން 03 ކުދިން ތިބުން.

1.3   އެޕާޓްމަންޓް ލިބިއްޖެނަމަ ފޯމު ހުށަހެޅިއިރު ފޯމުގައި ހިމަނާފައިވާ ހުރިހާ ދަރިވަރުން އަދަދަށް ހަމައަށް ތިބުން.

1.4   އެޕާޓްމަންޓް ލިބިއްޖެނަމަ އެޕާޓްމަންޓް ހޯދަންއެދޭ ފަރާތް އަދި އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން ދަނާލުގައި ދިރިއުޅޭނެ ފަރާތެއްކަމުގައިވުން.

1.5   ދަނާލުގެ އެޕާޓްމަންޓެއްލިބި ދޫކޮއްލާފައިވާ ފަރާތެއްނަމަ 02 އަހަރުވެފައިވުން.

1.6   އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އެހެން އެޕާޓްމަންޓަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

1.7   ކުއްޔަށްހިފާ ފަރާތުގެ ދެމަފިރިންކުރެ އެއްވެސް ފަރާތަކީ ދައުލަތުން ލިވިންގ އެލަވަންސް ލިބޭ ފަރާތަކަށް ނުވުން.

1.8     4 ކޮޓަރީގެ އެޕާޓްމަންޓްގައި އެންމެ ގިނަވެގެން ދިރިއުޅެވޭނީ ޖުމްލަ 12 މީހުންނަށެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގައި އެންމެ ގިނަވެގެން ދިރި އުޅެވޭނީ 10 މީހުންނަށެވެ. މިގޮތުން އެޕާޓްމަންޓްގައި މަދުވެގެން ކިޔަވާ 3 ކުދިން ތިބުން ލާޒިމެވެ.

1.9     ހުށަހަޅާފަރާތް ނުވަތަ އެފަރާތެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ކުޑަހުވަދޫން ބިމެއްލިބިފައި ނުވަތަ ލިބެންއޮތް ފަރާތެއްކަމުގައި ނުވުން. (މައިންބަފައިންގެ ގޯތިން ލިބެންއޮތް ފަރާތެއްކަމުގައި ބެލެވޭނީ، މައިންބަފައިންގެ ބިންބަހައިގެން ތަރިކައިގެތެރެއިން ގޯއްޗެއް ނުވަތަ ގޯތިންބައެއް ލިބެންއޮތް ފަރާތެއްކަމުގައި ވުމުންނެވެ.)

 

2         އާރު.އެލް.ސީ އިން ޖާގަ ދިނުމުގައި ބެލޭނެ އެހެނިހެން ކަންކަން

2.1 ދަރިވަރެއްގެ އަމިއްލަ ރަށުގައި ލިބެންނެތް ތަޢުލީމީ ޚިދުމަތެއް ނުވަތަ މަރުހަލާއެއް ފުރިހަމަކުރަން ކުޑަހުވަދޫއަށް އަންނަ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

 

2        ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލު

3.1  ދަނާލްގައި ބައިތިއްބުމަށް ހުށަހަޅާ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް (ގިނަވެގެން 8 ކުދިން) ޖުމްލަ 40 ޕޮއިންޓް. މީގެ ތެރެއިން ޕޮއިންޓް ލިބޭނީ ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވާދަރިވަރުންނަށެވެ.

3.2  ދަނާލްގައި ބައިތިއްބުމަށް ހުށަހަޅާ ކުދިންގެތެރެއިން ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހޭދަކޮށްފައިވާ ކޮންމެ އަހަރަކަށް ކޮންމެ ކުއްޖަކަށް 3 ޕޮއިންޓް ލިބޭނެއެވެ.

3.3  ދަނާލްގައި ބައިތިއްބުމަށް ހުށަހަޅާ ކުދިންގެ ތެރެއިން ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންގެތެރެއިން، ކުޑަހުވަދޫ ދަފްތަރުގައިވާ ކޮންމެ ކުއްޖަކަށް 3 ޕޮއިންޓް ލިބޭނެއެވެ. ( މިއުސޫލްގައި ކުޑަހުވަދޫ ދަފްތަރުގައި ތިބޭ މީހުން ކުޑަހުވަދޫ ރައްޔިތުންގެ ގޮތުގައި ނުބެލޭނެއެވެ).

3.4   ކުރިމަތިލާ ފަރާތްތަކަށް މި އުސޫލުން ޕޮއިންޓް ދިނުމުން ދެފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށް ލިބުނު ޕޮއިންޓް އެއްވަރުވެއްޖެނަމަ އެޕާޓްމަންޓް ލިބޭފަރާތް ކަނޑައަޅާނީ ތިރީގައިވާ ތަރުތީބުންނެވެ.

(ހ) އެންމެ ފުރަތަމަ ބަލާނީ އެންމެ ގިނަކުދިން ގެންގުޅެން ހުށަހަޅާފައިވާ ފަރާތެކެވެ. މިހާރު ދަނާލުގެ ރަޖިސްޓްރީގައިވާ އެއްވެސް ދަރިވަރަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. ނަމަވެސް އެޕާޓްމަންޓަށް ކުރިމަތިލާ ފަރާތުގެ ދަރިންނަށް ޕޮއިންޓް ދެވޭނެ

(ށ) ކުދިންގެ އަދަދު އެއްވަރު ނަމަ ދެން ބަލާނީ ދަނާލުގައި މިހާރު ދިރިނޫޅޭ ރަށެއްގެ އާއިލާ އެއްތޯ އެވެ.

(ނ) ށ.ގައިވާ އުސޫލުންވެސް އެއްވަރުވެއްޖެނަމަ ދެންބަލާނީ، އެއާއިލާއެއްގެ އުފަންރަށުން ލިބެން ނެތް ތަޢުލީމެއް ހޯދުމަށް ކުޑަހުވަދޫއަށް ބަދަލުވާ އާއިލާއެއްތޯ އެވެ.

(ރ) ނ. ށ.ގައިވާ އުސޫލުންވެސް އެއްވަރުވެއްޖެނަމަ އެޕާޓްމަންޓް ލިބޭ ފަރާތެއް ކަނޑައަޅާނީ އެއްވަރުވީ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

3.5   ސަރުކާރުން ލިވިންގ އެލަވަންސް ލިބިލައްވާ ފަރާތްތައް ދަނާލުގެ ރަޖިސްޓްރީގައި ނުހިމެނޭނެއެވެ.

 

4        ހުށަހަޅަންޖެހޭ ލިޔުންތައް

4.1 ފުރިހަމަ ކޮށްފައިވާ "ދަނާލުން ޖާގަ ހޯދުމަށްއެދޭ ފޯމު"

4.2 ފޯމް ހުށަހަޅާފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

4.3 އެޕާޓްމަންޓްގައި ދިރިއުޅޭނެކަމަށް ފޯމްގައި ބަޔާންކުރާ ދަރިވަރުންނާއި އެހެން މީހުންގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑްގެ ކޮޕީ

4.4 2025 ވަނަ އަހަރު ދ.އ.ތ.މ ގައި ކިޔެވުމަށް ފުރުސަތުލިބިފައިވާ ކުއްޖެއްނަމަ އެކަމުގެ ލިޔެކިޔުން ހުށަހެޅުން

4.5 އެޕާޓްމެންޓް ލިބިއްޖެނަމަ އެޕާޓްމެންޓް ހޯދަންއެދޭ ފަރާތް ނުވަތަ އެފަރާތުގެ ދަރިއެއް ނުވަތަ ދަރިން އެޕާޓްމެންޓްގައި ދިރިއުޅޭނެ ކަމުގެ   އިޤުރާރުގެ ސިޓީ

4.6 ފޯމާއިއެކު ހުށަހަޅާ ކުދިންނަށް ދ.އަތޮޅު ތަޢުލީމީ މަރުކަޒުން ޖާގަ ލިބޭނެކަން އަންގައިދޭ އެ މަރުކަޒުގެ ލިޔުން.

 

 

 

 

5        ދ.ކުޑަހުވަދޫ އާރް.އެލް.ސީ އެޕާޓްމަންޓް ދުކުރުމަށް ހަމަޖެހިފައިވާ އަގުތައް

5.1   ތިން ކޮޓަރީގެ އެޕާޓްމަންޓެއް މަހަކު 4000/- (ހަތަރުހާސް ރުފިޔާ)

5.2   ހަތަރު ކޮޓަރީގެ އެޕާޓްމެންޓެއް މަހަކު 5000/- (ފަސްހާސް ރުފިޔާ)

5.3  ދަނާލުން ޖާގަދޫކުރެވޭނީ އެކަމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިޢުލާނުގައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ދަނާލްގެ ޖާގައަށް އެދޭފޯމް ރަސްމީގަޑީގައި މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

5.4  ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 17 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ. އެ ތާރީހުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

5.5 ފޯމް ބަލައިގަންނައިރު ފޯމު ބަލައިގަތްކަމުގެ ސްލިޕެއް އޮފީހުން ދޫކުރާނެއެވެ. މި ސްލިޕް ލިބުނުކަން ޔަޤީންކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

6 އެޕާޓްމަންޓް ހަވާލުކުރުން :

ކުޑަހުވަދޫ ރެސިޑެންޝަލް ލާނިންގ ސެންޓަރ (ދަނާލު) އިން ޖާގަ ހޯދުމަށް ހުށަހަޅާ ފޯމްގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުގެ 3.1 ގައި ހުށަހަޅާ ދަރިވަރުން އެޕާޓްމެންޓް ހަވާލުކުރާއިރު ހަމަނުވާނަމަ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ފުރުސަތުދެވޭނެއެވެ.

11 ފެބުރުވަރީ 2025
ހޯދާ