ދިވެހިރާއްޖެ
c
–
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2025/3
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ދ.ރިނބުދޫ ކުރީގެ ހުކުރު މިސްކިތް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން.
ދ.ރިނބުދޫ ކުރީގެ ހުކުރު މިސްކިތް ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރަޖިސްޓްރީ ކުރުން:
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ 11 ފެބްރުއަރީ 2025 އިން 16 ފެބްރުއަރީ 2025 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ. އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މައުލޫމަތު ދިނުމުގެ ބައްދަލުވުން:
މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 17 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ބަލައިގަތުން :
މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ ކުރީގެ ހުކުރު މިސްކިތް ކުނިކަހާ ސާފުކުރުން" މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 19 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޝައްވާލު 1446
11 ފެބްރުއަރީ 2025