ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ފެބުރުވަރީ 2025 12:01 ގައި ބާތިލް ކުރެވިފައެވެ.
މި އިދާރާގެ އިޢުލާން ނަންބަރު (IUL)260-CA/260/2025/10 ( 30 ޖަނަވަރީ 2025 ) އާއި ގުޅިގެން އެއްވެސް ބޭފުޅަކު ބީލަން ހުށަހަޅާފައިނުވާތީ، 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.
ހދ.ނައިވާދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ،އެމް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
ކޯޓޭޝަން ހުށަހެޅުން |
11.02.2025 ން 17.02.2025 ގެ 10:00 ށް |
- |
24.02.2025 ގެ 10:45 ގައި |
ލިންކް މެދުވެރިކޮށް |
- |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
- ރަޖިސްޓްރީކުރާ ފޯމް: https://forms.office.com/r/At6zNYZ84z
- މި މަސައްކަތްކޮށްދިނުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ މައުލޫމާތު ކަރުދާހާއި ކުރެހުންތައް އީމެއިލްގެ ޒަރީއާއިން ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.
ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ،އެމް ޢިމާރާތުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.