އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަރަދޫ އަވަށުން ކަދުރު ބެހުމާއިގުޅޭ

އިޢުލާން

 

ކަދުރު ބެހުމާއިގުޅޭ

1446 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މަރަދޫ އަށް ލިބިފައިވާ  ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންގަވާފައިވާ ގޮތަށް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީ ތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ.

 ކަދުރު ބެހުން އޮންނާނީ 2025ފެބުރުވަރީ 12އިން ފެށިގެން 2025 ފެބުރުވަރީ 18 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ 9:00 އިން14:00  އަށެވެ. މިގޮތުން މީހުން ދިރިއުޅޭ ގޭބިސީ ތަކަށް ކަދުރު ބަލައި ޙާޟިރުވާ ތަރުތީބުން ކަދުރު ހުސްވަންދެން ބެހޭނެއެވެ.

ވީމާ، ކަދުރާއި ޙަވާލުވުމަށް، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑް ހިއްޕަވައިގެން މަރަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

12 ޝަޢުބާން 1446

11 ފެބުރުވަރީ 2025

11 ފެބުރުވަރީ 2025
ހޯދާ