ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ނ.ހެނބަދޫ ސްކޫލުގެ 3 ކްލާސްރޫމެއްގެ ތަޅުން އުސްކޮށް މުށިޖެހުން

 

1-  މި ސްކޫލުންދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ތިން ކްލާސްރޫމެއްގެ ތަޅުން އުސްކޮށް މުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.  ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

2- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިއްލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.                                                                .

3- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2025 ފެބުރުއަރީ  11 ން 2025 ފެބުރުއަރީ 16 ވާ އާދީއްތަ ދުވަހުގެ 13:30 ގެ

ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތް ތަކަށެވެ.

"ބިޑް ރަޖިސްޓްރޭޝަން ފޯމް" ގެ ލިންކް: http://bit.ly/42QbxJu

4 - މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 ފެބުރުއަރީ 17 ވާ ހޯމަ ދުވަހުގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް

ފޮނުއްވުން އެދެމެވެ.  

5- މި ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 ފެބުރުއަރީ 18 ވާ އަންގާރަ ދުވަހު 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.

6 -  ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 ފެބުރުއަރީ 23 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.

7 - އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ހެނބަދޫ ސްކޫލު ، ނ. ހެނބަދޫ/ ދިވެހިރާއްޖެ

   ފޯނު، 6560571

އީމެއިލް: [email protected]

 

11 ފެބުރުވަރީ 2025
ހޯދާ