ދިވެހިރާއްޖެ
އޮކްޓޯބަރު 27، 2013 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިރުކޮށްފައިވާ، ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ޤަވާއިދު (ނަންބަރު: 2013/R-208) އާއި ޙަވާލާދީ ދަންނަވަމެވެ.
ގެދޮރު ޢިމާރާތް ކުރުމުގައި މަތީގައި ދަންނަވާފައިވާ ޤަވާއިދާއި ޙިލާފަށް ބައެއް ގެތަކުގެ ފުރާޅުން، މަގުމައްކަށް ފެންފަހިވާގޮތަށް ހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް ހުރުމުގެ ސަބަބުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވުމުގެ މައްސަލަތައްދަނީ ކުރިމަތިވަމުންނެވެ.
ޢިމާރާތުގައި ހަދާފައި ހުންނަ ޓެރަސް، ބެލްކަނީ ފަދަ ތަންތަނަށް ޖަމާވާ ފެނާއި، އެއާރކޯނު އަދި ދޮންނަ މެޝިން ފަދަ ތަކެތިން އުފެދޭ ފެނާއި، ފެން އަޅަން ބޭނުންކުރާ ކަޅުހަން ފަދަ ތަކެތިން ދޫކުރާ ފެން މަގުމައްޗަށް ނުފައިބާގޮތަށް ހޮޅިލައި އެ ހޮޅިން ފައިބާ ފެން ކާނުގެ ތެރެއަށް ނުވަތަ އެހެންވެސް ގޮތަކުން ބިމަށް ހިންދޭނެ ނިޒާމެއް ޤާއިމުކުރުމަކީ މިޤަވާއިދުގެ ދަށުން އެގޭބިސީއެއްގެ ޒިންމާއެކެވެ.
ވީމާ، 30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ކުރިން މަގަށް ފެންފަހިވާގޮތައްހުރި ފުރާޅުތަކުގައި، މަގުމައްޗަށް ފެން ނޭޅޭގޮތަށް ދިޔަދޮވި ހަރުކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތަށްފަހު މިގޮތަށްހުރި ތަންތަން ބަލާ، އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި އިޢުލާނާއެކު 27 އޮކްޓޯބަރު 2013 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިރުކޮށްފައިވާ، ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ޤަވާއިދު (ނަންބަރު: 2013/R-208) އެއްކަރުދާސް ކުރީމެވެ.
ވީމާ، މިކަން އަމަލުކުރުމަށާއި މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 ޝައުބާން 1446
10 ފެބުރުވަރީ 2025