މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ދުވަސް ފާހަގަކުރުމާއި ގުޅޭ

ނ.ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހު ބައިނަލްއަޤްވާމީ  އަންހެނުންގެ ދުވަސް ފާހަކުރުމަށް ވަނީ ނިންމާފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންގެ ކުޅިވަރު ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވާދެމުން އަދި ބޮސް (ނާށިބަރުވެލި) މިދެކުޅިވަރެވެ.

އަންހެނުންގެ ހަވީރުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 7 ކުޅުންތެރިން ހިމެނެންވާނެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ލީޑަރެއް ކަނޑައެޅިފައިވާންވާނެއެވެ. އަދި ކޮންމެ ކުޅިވަރެއްގައިވެސް 1ވަނަ 2ވަނަ އަދި 3ވަނަ ޓީމް ހޮވާ އިނާމެއް ދޭން ކަނޑައަޅާފައިވާކަންވެސް ދަންނަވަމެވެ. އެހެންކަމުން އަންހެނުންގެ ހަވީރުގައި ބައިވެރިވުމަށް ނަންނޯޓުކުރުމަށް 10  ފެބްރުއަރީ އިން 18 ފެބްރުއަރީ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

ބައިވެރިވުމަށް އެދެ ފޯމު : https://forms.office.com/r/0kuRzK1cAW

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11   ޝައުބާން    1446

10   ފެބްރުއަރީ   2025

10 ފެބުރުވަރީ 2025
ހޯދާ