އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން - ޕަބްލިކް ވޯރކްސް ޔުނިޓުގެ ވެހިކަލްތަކަށް ބޭނުންވާ ޑީސަލް 01 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު
​​​​​​​

  1. ޕަބްލިކް ވޯރކްސް ޔުނިޓުގެ ވެހިކަލްތަކަށް ބޭނުންވާ ޑީސަލް 01 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ފެބުރުވަރީ 11 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2025 ފެބުރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 14:00އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected])) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ފެބުރުވަރީ 11 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2025 ފެބުރުވަރީ 17 ވާ ހޯމަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2025 ފެބުރުވަރީ 19 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. 
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 26 ވާ ބުދަ ދުވަހުގެ 10:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ
  5. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected]

11 ޝަޢުބާން 1446

10 ފެބުރުވަރީ 2025

10 ފެބުރުވަރީ 2025
ހޯދާ