ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުދުވަހަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ
ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް ކޮށް ދިނުމަށް ޝައުޤުވެރިވާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން
ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ
ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 11 ފެބުރުވަރީ 2025 އިން 13 ފެބުރުވަރީ2025
އަށް ބަންދުނޫން ކޮންމެ ދުވަހަކު 8.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް
މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ފެބުރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ
14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 18 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ
ހެނދުނު 10:30 ގައި މިސްކޫލުގެ އޮފީހުގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު
11:00 ގައި ގައި މިސްކޫލް އޮފީހުގައެވެ.
ސެކިއުރިޓީ ޚިދުމަތް ދިނުމަށް ކުރިމަތި ލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
މަސައްކަތުގެ އަގު 70 ޕަސެންޓް
މަސައްކަތުގެ ތަޖުރިބާ 10 ޕަސެންޓް
ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 20 ޕަސެންޓް
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަތަފަންދޫ ސްކޫލް
ގދ ރަތަފަންދޫ، ދިވެހިރާއްޖެ
ފޯން: 7983087
އީމެއިލް: [email protected]