ދިވެހިރާއްޖެ
ސިނަމާލެ 3، ގުރައުންޑް ފްލޯގެ ބުރުޒުމަގާވީ ފަރާތުގެ 02-31 ''ޕްލޮޓް'' ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާއި، މާލޭ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް ހަދާފައިވާނަމަ އެ އެއްބަސްވުމުގެ ކޮޕީއާއި އެކާމާއި ގުޅޭ ލިޔެކިޔުންތައް 18 ފެބުރުވަރީ 2025 ވާ (އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ.
ސިނަމާލެ 3، ގެ 02-31 ގައި ހަދާފައިވާ ގުދަނުގައި އެއްވެސް އެއްޗެއް ބަހައްޓާފައިވާ ފަރާތެއްވާނަމަ އެކަން ދެންނެވުނު ތާރީޚުގެ ކުރިން މި ކައުންސިލަށް އަންގަވައިދެއްވާ، އެފަދަ ތަކެތި އެ ގުދަނުން ނަންގަވައި އެތަން މި ކައުންސިލާއި ހަވާލުކޮށްދެއްވުމަށް ދެންނެވީމެވެ. އަދި ބަޔާން ކުރެވުނު މުއްދަތު ހަމަވާއިރު، އެފަދަ އެއްވެސް މަޢުލޫމާތެއް މި ކައުންސިލަށް ހުށަހަޅާފައި ނުވާނަމަ އެ ގުދަން މި ކައުންސިލުގެ ބެލުމުގެ ދަށަށް ގެންނާނެ ވާހަކަ ދެންނެވީމެވެ. އެގޮތުން މިކައުންސިލުގެ ބެލުމުގެ ދަށަށް ތަން ގެނެސް ސާފު ކުރުމުގެ މަސައްކަތް ކުރާއިރު އެތަނުގައި އެއްވެސް އެއްޗެއް ބަހައްޓާފައި ވާނަމަ އެ ތަކެއްޗަށް ލިބޭ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.