އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އަވަށުން ކަދުރުބެހުމާއި ގުޅޭ

އިޢުލާން


ކަދުރުބެހުމާއި ގުޅޭ

1446 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން ހިތަދޫއަށް ލިބިފައިވާ ކަދުރު 11 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުން ފެށިގެން ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންގަވާފައިވާ ގޮތަށް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ.

ކަދުރު ބެހުން އޮންނާނީ 11 ފެބުރުވަރީ 2025 އިން 17 ފެބުރުވަރީ 2025 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ 09:00 އިން 14:00 އަށެވެ. މިގޮތުން މީހުން ދިރިއުޅޭ ގޭބިސީތަކަށް ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކަދުރު ހުސްވަންދެން ބެހޭނެއެވެ.

ވީމާ، ކަދުރާއި ހަވާލުވުމަށް، ހަވާލުވާ ފަރާތުގެ އައިޑީ ކާޑާއިއެކު ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތަށް ވަޑައިގެން ދެއްވުން އެދެމެވެ.

11 ޝަޢުބާން 1446

10 ފެބުރުވަރީ 2025

10 ފެބުރުވަރީ 2025
ހޯދާ