މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރާވީޙް ކުރުމަށް ގެންނަ އިމާމްއާއި ގުޅޭ

މިއަހަރުގެ ރަމަޟާން މަހު ކެނދިކުޅުދޫގެ މިސްކިތްތަކުގައި އިމާމްވެ ތަރާވީޙް ނަމާދުކުރާނެ އިމާމުން ގެނައުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ.

ވީމާ، ކެނދިކުޅުދޫ ކެނދިކޮޅު އަވަށުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމަށް ގެންނަ އިމާމު ރަށަށް ވަޑައިގަންނަވާ ތާރީޚުން ފެށިގެން މިރަށުގައި ހުންނަވާ މުއްދަތުގައި އެބޭފުޅާގެ ހުރުމާއި، ފަރިއްކޮޅާއި ދޮވެ އިސްތިރިކުރުންފަދަ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި ގޮތުގެ މަތިން މިޚިދުމަތްތައް ފޯރުކޮށްދެވޭނެ އަގު ބަޔާންކޮށްދެއްވާ 19 ފެބުރުވަރީ 2025 ގެ 13:00 އަށް މިކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން ބީލަން ހުށައެޅުމަށް ދަންނަވަމެވެ.

ބީލަމާއެކު ހުށައަޅަންޖެހޭ ތަކެތި

  1. އަގުބަޔާންކޮށް ހުށައަޅާ ސިޓީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ވިޔަފާރި ރަޖިސްޓްރީ ކޮޕީ

ބީލަން ވަޒަންކުރާނެގޮތް:

ވަޒަންކުރާނެ ގޮތް

ބުރަދަން

  1. ހުށައަޅާ އަގަށް

100%

މިފުރުޞަތުގައި މިފަދަ މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދެން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް އޮތްވާހަކަ ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

16  ޝަޢުބާން   1446

10  ފެބުރުވަރީ   2025

10 ފެބުރުވަރީ 2025
ހޯދާ