މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭގޭ އުޅަނދުފަހަރާއި ގުޅޭ

މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭގޭ އުޅަނދުފަހަރަށް ރާއްޖޭގެ މަސްވެރި އުޅަނދުފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާކަމާއި، މިފަދަ ގޮތްނޭގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަށް ފާހަގަކުރެވިފައިވާތީ، މިފަދަ ގޮތްނޭގޭ އުޅަނދުފަހަރަށް އެރުމަކީ މިކަމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ވިދާޅުވެފައިވެއެވެ.
އެހެންކަމުން، މިފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެނަމަ ލަސްނުކޮށް ކޯސްޓުގާޑަށް ( ފޯނު 3395981 ނުވަތަ ކޯސްތުގާޑްގެ ހޮޓްލައިން 191) ނުވަތަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ކަނޑުދަތުރުފަތުރު ކުރައްވާ އެންމެހާފަރާތްތަކުގެ ސަމާލުކަމައްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
10 ޝައުބާން 1446
9 ފެބުރުއަރީ 2025

09 ފެބުރުވަރީ 2025
ހޯދާ