ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/018

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

މަޤާމް:

ޗީފް އިންޖިނިއަރ، ލޮޖިސްޓިކްސް

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        އިންޖީނު ރޫމްގައި ހުންނަ ހުރިހާ މެޝިނަރީއެއް ހިންގުމާއި މަރާމާތުކޮށް ބެލެހެއްޓުން.

-        ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން ހުރިހާ ސާމާނެއް ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން.

-        މަސައްކަތުގެ  މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތަކަށް ތަބާވުން.

-        އުޅަނދުފަހަރާއި ފަޅުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަޅުވެރިންނާއި ސާފުވާނެހެން މުޢާމަލާތުކޮށް، ކުއްލި ޙާލަތްތަކުގައި އަޅަން ހުރިފިޔަވަޅުތައް އެޅުން.

-        އުޅަނދުފަހަރަކީ ސަރުކާރުގެ ޤަވާއިދާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާ އުޅަދެއްކަން ކަށަވަރުކުރުން.

ޝަރުތުތައް:

-        ޓްރާންސްޕޯޓް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ CDC އާއި COC 5000BHP އަށް ވުރެން ދައްނޫން ސެޓްފިކެޓެއް އޮތުން

-        އެޑްވާންސް ޓްރެއިނިންގ ފޯ އޮއިލް ޓޭންކަރ ކާގޯ އޮޕަރޭޝަންސް ސެޓްފިކެޓް އޮތުން

-        2 އަހަރު ދުވަހުގެ ސައްހަ ސީމަން މެޑިކަލެއް އޮތުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކް ޑިޕާޓްމަންޓް /  ބާރޖް

 

މަޤާމް:

ސެކިއުރިޓީ އޮފިސަރ، ރިޕެއަރ އެންޑް މެއިންޓަނޭންސް ޑިޕާޓްމަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ރިޕެއަރ އެންޑް މެއިންޓަނޭންސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ޢިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

-        ޢިމާރާތާއި، އިމާރާތުގައި ގެންގުޅޭ މަސައްކަތުގެ ހުރިހާ އާލާތްތައް އަދި ވަދެނުކުންނަށް ހެދިފައިވާ ސަރަހައްދު ރަނގަޅަށްބަލައި ފާސްކުރުން.

-        ތަނުގައި އާދަޔާ ޚިލާފު ކަމެއް ހިނގަނީނަމަ، އެކަންކަން ދެނެގަނެ ވީ އެންމެ އަވަހަކަށް ރިޕޯޓުކުރަން ޖެހޭ ފަރާތްތަކަށް އަންގައި ލިބޭ ގެއްލުންތައް ހުއްޓުވަން މަސައްކަތްކުރުން.

-        ސުޕަވައިޒަރ/އިސްވެރިން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

ޝަރުތުތައް:

-        ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-        ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުން. އަދި ސަލާމަތީ ކަންކަމަށް އިސްކަންދީ މަސައްކަތުގެ މާހައުލުގައި ހިގައިދާ ކަންކަން ރިޕޯޓުކޮށް  މަސައްކަތުގައި އިތުބާރުހިފޭ މީހަކަށްވުން.

 

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް. އެސް. އެމް ބޯޓްޔާރޑް - ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާރޓްމަންޓް

 

މަޤާމް:

އިންޖިނިއަރ، ސޮފްޓްވެއަރ

ޑިޕާޓްމަންޓް/ސެކްސަން:

އައި.ސީ.ޓީ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ސޮފްޓްވެއަރ ސްޕެސިފިކޭޝަންތަކާއި މަޤްޞަދުތައް ކަނޑައެޅުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެނަލައިޒްކުރުން.

-        އެޕްލިކޭޝަންގެ އާކިޓެކްޗަރ، ޑޭޓާ މޮޑެލްސް އަދި ޔޫޒަރ އިންޓަރފޭސްތައް ބަޔާންކުރާ ތަފްސީލީ ޑިޒައިން ޑޮކިއުމަންޓްތައް ހެދުން.

-        އެފް.އެސް.އެމްގެ ބޭނުންތަކަށް ބިނާކޮށް ސޮފްޓްވެއާ އެޕްލިކޭޝަންތައް ނުވަތަ އާ ފީޗާތައް ޑިޒައިންކޮށް ޑިވެލޮޕްކޮށް ތަންފީޒުކުރުން.

-        ސޮފްޓްވެއާގެ މަސައްކަތްތައް ރަނގަޅަށް ކަށަވަރުކުރުމަށް ކޯޑުގައި ހުރި އުނިކަންތައްތަކާއި، ބަގްތަކާއި، އެރަރތައް ދެނެގަނެ އިޞްލާޙުކުރުން.

-        ބޭނުންކުރާ ފަރާތްތަކުން ރިޕޯޓުކުރާ މައްސަލަތައް ދެނެގަނެ ޙައްލުކޮށް، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެހީތެރިކަމާއި ޙައްލުތައް ފޯރުކޮށްދިނުން.

-        ނެޓް ސްޓޭކް ޑިވެލޮޕްމަންޓާއި ނެޓް ޓެކްނޮލޮޖީގެ ތަޖުރިބާލިބިފައިވުން

-        Azure، AWS ފަދަ ކްލައުޑް ސަރވިސް ޕްރޮވައިޑަރުންގެ ތަޖުރިބާ ލިބިފައިވުން

-        އެކްސްޕީރިއަންސް އޮބްޖެކްޓް އޮރިއެންޓެޑް ޑިވެލޮޕްމަންޓް އެންޑް ޑޮކިއުމެންޓޭޝަން

-        މައިކްރޮސޮފްޓް Azure DevOps  ނޫނަމަ Microsoft TFS/VSTC, GitHub ގެ ތަޖުރިބާ ލިބިފައިވުން

-        ސްޓްރަކްޗަރޑް ޑޭޓާ އަދި އެން.އޯ.އެސް.ކިއު.އެލް ޑޭޓާ މެނިޕިއުލޭޝަން ގެ ތަޖުރިބާލިބިފައިވުން

-        ވެބް ޓެކްނޮލޮޖީތަކުގެ ތަޖުރިބާ ކަމަށްވާASP.NET، ނެޓް ކޯރ، އެޗް.ޓީ.އެމް.އެލް5، ސީ.އެސް.އެސް3، ޖާވާސްކްރިޕްޓް، ޓައިޕްސްކްރިޕްޓް، ޑޮކަރ ގެ ތަޖުރިބާލިބިފައިވުން

-        ރިއެކްޓް، ވޫ، އެންގިއުލާ، އޭޖޭއޭއެކްސް އަކީ އިތުރު އެޑްވާންޓޭޖަކަށް ވާނެއެވެ.

ޝަރުތުތައް:

-        ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖިނިއަރންގ.

-        ސޮފްޓްވެއާ އެޕްލިކޭޝަން ޑިވެލޮޕްކުރުމުގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-        ކަމާގުޅުންހުރި ޕްރޮގްރާމިންގ ލެންގުއޭޖްތަކުގެ ހުނަރު، ޑޭޓާބޭސް މެނޭޖްމަންޓް ނޮލެޖް، ވާޝަން ކޮންޓްރޯލް.

-        މައްސަލަ ހައްލުކުރުމުގެ ހަރުދަނާ ޤާބިލުކަމާއި، އިފެކްޓިވް ކޮމިއުނިކޭޝަން އަދި ކޯލަބްރޭޝަން ސްކިލްސް.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

މަޤާމް:

އޮފިސަރ، އައި.ސީ.ޓީ

ޑިޕާޓްމަންޓް/ސެކްސަން:

އައި.ސީ.ޓީ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ކުންފުނީގެ އައި.ޓީ.ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެދިނުން

-        އައި.ސީ.ޓީގެ ހުރިހާ އިންފްރާސްޓްރަކްޗަރ އާއި ޕްލެޓްފޯމްތައް ބެލެހެއްޓުން

-        އައި.ޓީ އާ ގުޅުންހުރި އެކިއެކި ކަންކަމާއި މައްސަލަތަކަށް ޙައްލު ހޯދައިދިނުން

-        ދިމާވާ ސިސްޓަމް އަދި ސޮފްޓްވެއަރ މައްސަލަތައް ހައްލުކޮށް ދިނުން

-        ކުންފުނީގެ އައި.ސީ.ޓީ ޕްރޮޖެކްޓުތައް ތަޢާރަފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ޝަރުތުތައް:

-        ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ

-        މަސައްކަތުގެ ދާއިރާއިން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

-        ތަފާތު ޑިވައިސްތައް ޓްރަބަލް ޝޫޓްކުރުމުގެ ނޮލޮޖް ލިބިފައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

މަޤާމް:

އޮފިސަރ، އައި.ސީ.ޓީ

ޑިޕާޓްމަންޓް/ސެކްސަން:

އައި.ސީ.ޓީ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ކުންފުނީގެ އައި.ޓީ.ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެދިނުން

-        އައި.ސީ.ޓީގެ ހުރިހާ އިންފްރާސްޓްރަކްޗަރ އާއި ޕްލެޓްފޯމްތައް ބެލެހެއްޓުން

-        އައި.ޓީ އާ ގުޅުންހުރި އެކިއެކި ކަންކަމާއި މައްސަލަތަކަށް ޙައްލު ހޯދައިދިނުން

-        ދިމާވާ ސިސްޓަމް އަދި ސޮފްޓްވެއަރ މައްސަލަތައް ހައްލުކޮށް ދިނުން

-        ކުންފުނީގެ އައި.ސީ.ޓީ ޕްރޮޖެކްޓުތައް ތަޢާރަފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ޝަރުތުތައް:

-        ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

-        އައިޓީ ދާއިރާއިން ތަރުޖިބާ ނުވަތަ ސެޓްފިކެޓް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 10 ފެބްރުއަރީ 2025

 

 

10 ފެބުރުވަރީ 2025
ހޯދާ