ދިވެހިރާއްޖެ
މަޤާމް :ޗީފް އެގްޒެކެޓިވް | |
---|---|
ބޭނުންވާ އަދަދު :1 | |
ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ އިދާރީ ހިންގުން ހަރުދަނާކޮށް، އެސޯސިއޭޝަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެސޯސިއޭޝަނުން އައު އުސްމިންތަކަށް ގެންދިޔުމަށް، ތަޖުރިބާކާރު ޗީފް އެގްޒެކެޓިވްއެއް ހޯދުމަށް އާންމުކޮށް އިޢުލާނުކުރަމެވެ. މިއީ، އެސޯސިއޭޝަނުގެ ހެޑްކުއާޓަރުގެ އިދާރީ އެންމެ އިސް މަގާމެވެ. |
ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ އިދާރީ ހިންގުން ހަރުދަނާކޮށް، އެސޯސިއޭޝަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެސޯސިއޭޝަނުން އައު އުސްމިންތަކަށް ގެންދިޔުމަށް، ތަޖުރިބާކާރު ޗީފް އެގްޒެކެޓިވްއެއް ހޯދުމަށް އާންމުކޮށް އިޢުލާނުކުރަމެވެ. މިއީ، އެސޯސިއޭޝަނުގެ ހެޑްކުއާޓަރުގެ އިދާރީ އެންމެ އިސް މަގާމެވެ.
ބޭނުންވާ އަދަދު |
1 |
މަގާމުގެ މުއްދަތު |
ދާއިމީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
އެސޯސިއޭޝަންގެ ހެޑްކުއާޓަރު |
މުސާރަ އާއި އިނާޔަތް |
ތައުލީމާއި ތަޖުރިބާއަށް ބަލައި 25،000 އާއި 30،000 އާ ދެމެދު |
އެހެނިހެން އެލަވަންސް |
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާ |
|
މަގާމުގެ ޝަރުތު |
(ހ) އިދާރީ ނުވަތަ ހިންގުމުގެ ދާއިރާއަކުން ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު؛
(ށ) ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި، މި މުއްދަތުގައި؛
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި އެސޯސިއޭޝަނުގެ އީމެއިލް[email protected] އެޑްރެހަށެވެ. އީމެއިލްކުރައްވާ ޑޮކިއުމަންޓްތައް ފޮނުވަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓުގައި އެކަނި ކަމުގައި ދަންނަވަމެވެ.
އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ޝޯޓްލިސްޓް ކުރުން |
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، މާލޭގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
އިތުރު މައުލޫމާތު |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެ ފަރާތެއްގެ ހުށަހެޅުން ބަލައިނުގަނެވޭނެއެވެ. ޝޯޓް ލިސްޓްކުރެވޭނީ ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. މަގާމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. |