ދިވެހިރާއްޖެ
އިޢުލާން
ދާއިމީ ދަނޑުބިން ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-C/374/2024/67 (16 ޑިސެންބަރު 2024) އިޢުލާނުގައި އިދާރީ ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުގެ ސަބަބުން އެއިޢުލާނު ބާޠިލުކޮށް އަލުން ދާއިމީ ދަނޑުބިމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އެގޮތުން މިފަހަރު ދޫކުރުމަށް ނިންމާފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އިންދާ ހެއްދުމަށް 08 ދަނޑުބިމާއި ޕޯލްޓްރީ ފާމިންގގެ މަސައްކަތް ކުރުމަށް 02 ދަނޑުބިމާއެކު ޖުމުލަ10000 ( ދިހަހާސް އަކަފޫޓުގެ) 10 ދަނޑުބިމެވެ. ދަނޑުބިމާއި ގުޅޭ އިތުރު ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކު ޕޭޖުގެ އިތުރުން ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2025 ފެބުރުވަރީ 10 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި މަޢުލޫމާތުކަރުދާސް ނެންގެވޭނެއެވެ.
ވީމާ، ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ފެބުރުވަރީ 27 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާއިންނާއި، މިއިދާރާގެ ވެބުސައިޓާއި( www.faafnilandhoo.gov.mv )، ފޭސްބުކު ޕޭޖުގެ އިތުރުން ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ދާއިމީ ދަނޑު ބިން ލިބުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
11 ޝަޢުބާން 1446
10 ފެބުރުވަރީ 2025