ދިވެހިރާއްޖެ
(IUL)258/258/2025/15 :ނަންބަރު
އިޢުލާން
މަސްޖިދުލް މޫސާއަލީ އާއި ކައުންސިލް އިދާރާގައި ސޯލާރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މަސްޖިދުލް މޫސާ އަލީ އާއި ހަނިމާދޫ ކައުންސިލް އިދާރާގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އޮފީސް ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރޭވިފައިވާ މަޝްރޫޢުގެ ދަށުން "ގްރިޑް-ޓައިޑް ޕީވީ ސޯލާރ ސިސްޓަމް" އެއް ބޭނުންކުރުމަށް ކުރަންޖެހޭ ސާވޭކޮށް، ކުރެހުންތައް ކުރަހާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދާއި، ސޯލާ ޕެނަލް ސަޕްލައިކޮށް ހަރުކޮށްދިނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް މަސްޖިދުލް މޫސާއަލީ އާއި ކައުންސިލް އިދާރާގައި ސޯލާރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.office.com/r/nengyT74H0
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
މބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
9 ފެބްރުއަރީ 2025 އިން ފެށިގެން 19 ފެބްރުއަރީ 2025 ގެ ނިޔަލަށް |
19 ފެބްރުއަރީ 2025 ވާ (ބުދަ) ދުވަހުގެ 13:00 ގެ ކުރިން އޮންލައިންކޮށް |
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
20 ފެބްރުއަރީ 2025 ( ބުރާސްފަތި) |
ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް |
މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.
މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޝަޢުބާން 1446
10 ފެބްރުއަރީ 2025