މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސްޕޯޓްސް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 /  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:  -/5020 ރުފިޔާ

ސަރވިސް އެލަވަންސް:  -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މާކުރަތު ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    އެކަޑަމިކް ސެކްޝަން، މާކުރަތު ސުކޫލް    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ހުރިހާ ދަރިވަރުންނަށް ފައިދާހުރިގޮތެއްގައި ސްކޫލުގެ ކުޅިވަރުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

2- ހުރިހާ ގްރޭޑެއްގެ ޕީ.އީ ސްކީމްތައް ޗެކްކުރުން.

3- ސްކީމްގައިވާ ސްކިލްސްތަކާއި ހުނަރުތައް ކުރިއަށްގެންދިއުމުގައި ޓީޗަރުންނށް އެހީތެރިވެދިނުން.

4- ޕީ.އީ އަށް ބޭނުންކުރެވޭ ސާމާނުތައް ރަނގަޅަށް ބެލެހެއްޓުމާއެކު، މި ތަކެތި ގެންގުޅޭނެ ގޮތާމެދު ޓީޗަރުންނަށް ލަފާދިނުން.

5- ޕީ.އީ އަށް ބޭނުންވާ ސާމާނުތައް ޓީޗަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

6- ސްކޫލްގެ ދަރިވަރުން ބައިވެރިވާ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުން.

7- ސްކޫލުގެ ދަރިވަރުން ހުޅުވައިލެވޭ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ބައިވެރިކުރުން.

މަޤާމުގެ ޝަރުޠު                                                    

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ސްޕޯޓްސް ސުޕަވައިޒަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި، ލިބިފައިވާ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމަށް ބެލޭނެއެވެ. އަދި އެންމެ ޤާބިލުފަރާތެއް ހޮވުމުގައި، އުމުރުން 65 އަހަރު ވެފައިވާ ފަރާތްތަކާއި، ޝަރުޢީ ޙުކުމެއް ތަންފީޒުކުރަމުންގެންދާ ފަރާތްތަކެއް ނުހިމެނޭނެއެވެ.                        

އިންޓަވިއު ކުރުން:

ހ. ސްޕޯޓްސް ސުޕަވައިޒަރުކަމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، 16 އޮގަސްޓު 2015 އާއި 17 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައި ރ. މާކުރަތު ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތަރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، މި ސްކޫލުގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާކުރަތު ސުކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރ. މާކުރަތު ސްކޫލުގެ 6580015 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ