އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރިދޫ ކައުންސިލްގެ 4 ވަނަ ޤުރުޢާން މުބާރާތް 1446

 ނަންބަރު: A/IUL/344/2025/04

އިޢުލާން

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ 4 ވަނަ ޤުރުޢާން މުބާރާތް 1446

މިކައުންސިލްގެ 4 ވަނަ ޤުރުޢާން މުބާރާތް  12 މާރޗް 2025 އިން 15 މާރޗް 2025 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޤުރުޢާން މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު، 2025 ފެބުރުއަރީ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ އީ.މެއިލް ([email protected]) މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއިއެކު  ޑައުންލޯޑް ކުރެވެންހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2025
ހޯދާ