ދިވެހިރާއްޖެ
`
ށ.ފީވަކުގައި ދިރިއުޅުމަށްޓަކައި އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދުގެ މަގުތަކާއި ގޯޅިމަގުތަކުން ކަނޑަމުންދާ ރުއްތައް ނީލަން ކިޔުމާއި ގުޅޭ
ށ.ފީވަކުގައި ދިރިއުޅުމަށްޓަކައި އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދުގެ މަގުތަކާއި ގޯޅިމަގުތަކުން ކަނޑަމުންދާ ރުއްތަކުގެ ތިންވަނަ ބައި ނީލަންކިޔުން 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގައި އޮންނާނެއެވެ.
ނީލަންކިޔާ ރުއްތައް ހުރި ސަރަޙައްދު |
ނީލަން އޮންނަ ތަން |
'ނަމޫނާ' އެވެ ކިޔާ ބަންޑާރަ ގޯތީގެ ދެކުނުފަރާތުން ފެށިގެން އުތުރަށް، 'މަންޒިލް' އެވެ ކިޔާ ބަންޑާރަ ގޯތީގެ ދެކުނުފަރާތާ ހަމައަށް |
ރުއްތައް ހުރި ސަރަޙައްދު |
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ނީލަން ކުރިއަށްދާ ވަގުތު، ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށް ފަހު، 05 ދުވަސް ތެރޭގައި ނީލަންކީ ސަރަޙައްދުން ރުއްތައް ނަގަންވާނެއެވެ. އަދި އެންމެ މަތީ ނީލަން ހުށަހެޅި ފަރާތުން ނީލަމަށް ވާ ފައިސާ އެވަގުތު ނުދައްކައިފިނަމަ، ދެން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަކަށް، ފައިސާ ދައްކާ މުދާ ގެންދިއުމުގެ ފުރުޞަތު ދެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.