ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
އެސިސްޓެންޓް މިއުޒިއަމް ގައިޑުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 9 ޖުލައި 2015 ގައި ކުރެވުނު IUL)222-AH/INDIV/2015/26) ނަންބަރުގެ އިޢުލާނަށް އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
އެސިސްޓެންޓް މިއުޒިއަމް ގައިޑް |
މަޤާމް: |
ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3) |
މަޤާމުގެ ރޭންކް: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ނެޝަނަލް މިއުޒިއަމް |
ސެކްޝަން: |
މަހަކު -/4،465 ރުފިޔާ |
މުސާރަ: |
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ |
މަޤާމު އޮތް އޮފީސް: |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް /ކ. މާލެ |
ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް: |
ހެނދުނު 10:00 ން 17:00 އަށް |
ރަސްމީ މަސައްކަތު ގަޑި: |
ދާއިމީ |
ވަޒީފާގެ ގިންތި: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: މިއުޒިއޮލޮޖީ، ކިއުރޭޓަލް ސްޓަޑީޒް، މިއުޒިއަމް މެނޭޖްމަންޓް، ކަލެކްޝަން މެނޭޖްމަންޓް، މިއުޒިއަމް ސްޓަޑީޒް، މިއުޒިއަމް ކޮމިއުނިކޭޝަން، ޕްރިންސިޕަލްސް އޮފް ކޮންޒަރވޭޝަން، ހިސްޓްރީ، ކަލްޗަރ، ދިވެހި ބަސް، މިއުޒިއަމް އެންޑް ސައިޓް އިންޓަރޕްރިޓޭޝަން، އާޓިފެކްޓް ސްޓަޑީޒް، މިއުޒިއޮލޮޖީ އެންޑް އެޑްމިނިސްޓްރޭޝަން. |
މަޤާމުގެ ޝަރުޠު: |
- ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ދާރުލްއާސާރުގައި ބެހެއްޓިފައިވާ ތަކެއްޗާބެހޭ މަޢުލޫމާތު ދިނުން. - ދާރުލްއާސާރުގައި މިހާރު ހުރި ތަކެއްޗާއި އަލަށް ލިބޭ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުން. - އެގްޒިބިޓް ކުރެވިފައި ހުންނަ ތަކެއްޗާއި، ސްޓޯރޭޖްގައި ހުރި ތަކެތީގެ ލޮކޭޝަންތައް އެނގޭގޮތަށް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން. - ހުރި ތަކެއްޗާއި، އަލަށް ލިބޭ ތަކެތީގެ ފޮޓޯނަގައި، ފޮޓޯ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން. - ތަނަށް އަލަށް ލިބޭ ތަކެތީގެ މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމުގައި އެހީތެރިވެދިނުން. - އޮބްޖެކްޓް ޑޭޓާބޭސް ތައްޔާރުކުރުމުގައި އެހީތެރިވެދީ، ހުރިހާ ތަކެެއްޗެއްގެ މަޢުލޫމާތު އޭގައި ހިމެނުން. - އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަޙައްދީ ދާރުލްއާސާރުތަކުގައި ކަލެކްޝަން މެނޭޖްކުރުމާއި، ޑޭޓާބޭސް މެނޭޖްކުރުމުގައި އެހީތެރިވެދިނުން. - ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
- މަޤާމްގެ މަސައްކަތްތަކާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް އާއި އިނާޔަތްތައް ދެވޭނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމްގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން، ފޯމް ފޮނުވައިދެވޭނެއެވެ.) - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމުގެ ކޮޕީ. - ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުމުގެ ކޮޕީ. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް) - ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ) - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމް، ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި، ތަނާއި، އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
އިންޓަވިއު ކުރުމާއި /ޕްރެކްޓިކަލްސް ބޭއްވުން: |
- ތަޢުލީމާއި ތަމްރީނު - މަސައްކަތުގެ ތަޖުރިބާ - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް، ވަޒީފާއަށް ޢައްޔަނުކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ. |
ސްކްރީން ކުރުން: |
ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު). |
ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނަންބަރު ފޯނަށް ނުވަތަ 3323206 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. |
އިތުރު މަޢުލޫމާތު: |
18 ޝައްޥާލް 1436