ދިވެހިރާއްޖެ
އިންނަމާދޫ ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން
2025 ވަނަ އަހަރަށް އިންނަމާދޫ ޕްރީ ސުކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލަމެވެ. ޕްރީ ސުކޫލުގެ 2025 ވަނަ އަހަރު (ދިރާސީ އައު އަހަރު) ގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 06 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުއެވެ. މި އިޢުލާނާއިއެކު "އިންނަމާދޫ ޕްރީ ސުކޫލް" ގެ އަސާސީ ޤަވާއިދު އަދި ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ހިމެނިފައިވާނެއެވެ. ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު 06 މާރޗް 2025 ވާ ބުރާސްފަތި ދުވަހަގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުއްވުމަށް ދައްނަވަމެވެ.
ސްކޫލަށް ކުދިން ވެއްދުމުގައި ބަލާނެ ގޮތް
2025 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް |
ގްރޭޑް |
2024 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ފުރިފައި ނުވުން |
ބޭބީ ނާސަރީ |
2024 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ފުރިފައި ނުވުން |
ނާސިރީ |
- ބޭބީ ނާސަރީ އަށް ދަރިވަރުން ވައްދާނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31 އަށް އުމުރުން ދެއަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަޑައަޅާފައި ވީނަމަވެސް ހިނގާ އަހަރުގެ 31 މާރޗް މަހުގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކުއްޖަކަށް ދެވިދާނެއެވެ.
ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަށް
- ކުއްޖާގެ އައިޑެންޓިޓީ ކާރޑުގެ އަސްލާއި ކޮޕީ/ އުފަންދުވަހުގެ ސެރޓިފިކެޓްގެ އަސްލާއި ކޮޕީ
- ކުއްޖާގެ ބައްޕަގެ އައިޑީކާޑުގެ ކޮޕީ
- ކުއްޖާގެ މަންމަގެ އައިޑީކާޑުގެ ކޮޕީ
- ކުއްޖާ އަށް ވެކްސިން ދެވިފައިވާގޮތް އަންގައިދޭ ވެކްސިން ކާޑްގެ އަސްލާއި ކޮޕީ
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ތިރީގައިމިވާ ފަރާތްތަކާއި ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އާމިނަތު ސަމާހާ (ކައުންސިލް މެންބަރ) – ފޯން: 7585958
- އާއިޝަތު ސަމާހާ (ކައުންސިލް މެންބަރ) – ފޯން: 9116410
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.