މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް. އެސް. 3 / ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު

08

މަޤާމުގެ ނަންބަރު

268291، 268292، 268295، 268296، 268297، 268298، 268301، 268303

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން

ބިލްޑިންގ މޮނިޓަރިންގ އެންޑް މެއިންޓަނަންސް ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު

ޝިފްޓް ޑިއުޓީ އުސޫލުން

މުސާރައާއި އިނާޔަތްތައް

އަސާސީ މުސާރަ: -/3875ރ

ސަރވިސް އެލަވަންސް: -/1000ރ

ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)

ޝަރުޠު

  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޑިއުޓީ ރޯސްޓަރާ އެއްގޮތަށް އެދުވަހެއްގެ ޑިއުޓީ ފެށޭ ވަގުތުގެ 10 މިނިޓް ކުރިން، ވެލާނާ ބިލްޑިންގަށް ހާޒިރުވެ ހާޒިރީ ފޮތުގައި ދުވަހާއި ގަޑި ލިޔެ ސޮއިކޮށް، އެހިނދުގައި ބޭރަށް ގެންގޮސްފައިވާ ތަޅުދަނޑިތަކާއި އެތެރޭގައި ހުރި ތަޅުދަނޑިތައް ރަނގަޅަށް ޗެކުކޮށް ފޮތާއި ދިމާވޭތޯ ބަލައި އެއްވެސް އޮފީހެއްގެ ތަޅުދަނޑި އެއްވެސް ފަރާތަކާއި ޙަވާލުކުރެވިފައިވާނަމަ، ތަޅުދަނޑި ޙަވާލުކުރެވިފައިވަނީ އެމީހެއްގެ ނަމާއި ދުވަހާއި ގަޑި ފޮތުގައި ރަނގަޅަށް ނޯޓުކޮށް ސޮއިކުރުވާފައިވޭތޯ ބެލުން.
  • ޙަވާލުކުރެވިފައިވާ ތަޅުދަނޑިތައް ފަރުވާތެރިކަމާއެކު ބަލަހައްޓައި، އެއްވެސް ތަޅުދަނޑިއެއް ދޫކުރުމުގެ ކުރިން ތަޅުދަނޑި ބަލާ އައިސް ހުރި މީހާއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން، ތަޅުދަނޑިއާ ޙަވާލުވުމުގެ ފާސް ލިބިފައިވާ ފަރާތެއްތޯ ރަނގަޅަށް ޗެކްކޮށް މީހާއާއި ފޮޓޯ ދިމާވޭތޯ ބެލުން. އަދި ތަޅުދަނޑި ޙަވާލުކުރުމުގެ ކުރިން އެމީހެއްގެ މަޢުލޫމާތު ފޮތުގައި ނޯޓް ކުރުން.
  • ޑިއުޓީ ނިމެން 10 މިނިޓަށް ވާއިރު އަނެއް ޑިއުޓީގައި ހުންނަ ފަރާތް ހާޒިރު ނުވެއްޖެނަމަ އެކަން ސުޕަވައިޒަރަށް އަންގައި ސުޕަވައިޒަރުގެ ލަފާގެ މަތިން ޢަމަލުކުރުން.
  • އެއްވެސް ފަރާތަކުން ގެންނަ ކާޑެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެނަމަ ތަޅުދަނޑި އެ މީހަކަށް ދޫނުކޮށް ސުޕަވައިޒަރަށް އެކަން އެންގުން.
  • ޑިއުޓީގައި ހުންނަ މީހާ ފިޔަވައި އިތުރު އެއްވެސް މީހަކު ތަޅުދަނޑި ރޫމަށް ނުވެއްދުން.
  • ރޭގަނޑު 12 ޖަހާއިރު ތަޅުދަނޑިތައް ހަމަތޯ ބަލައި، ތަޅުދަނޑިއެއް މަދުނަމަ ކަމާބެހޭ ސުޕަވައިޒަރަށް އެކަން އެންގުން.
  • މަސައްކަތާ ގުޅޭ ލިޔެކިޔުންތަކާއި އެހެނިހެއް ލިޔުންތައް ތައްޔާރު ކުރުން.
  • ޑިއުޓީ ގަޑީގައި ޚާއްޞަ ކަމެއް ދިމާވެއްޖެނަމަ އެކަން ނޯޓުކޮށް ސުޕަވައިޒަރަށް އެންގުން.
  • ލިބިފައިވާ ތަޅުދަނޑިތައް އެކަމަށް ޚާއްޞަ ފޮށީގައި ބެހެއްޓުން.
  • ސެކްޝަންގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހައި ކަންތައްތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ (ތަޅުދަނޑި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވެނޭ.)
  • އިންޓަރވިއު.
  • ޝިފްޓް ޑިޔުޓީތަކުގައި މަސައްކަތް ކުރެވޭ މީހަކު ކަމުގައިވުން.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  • މަޤާމަށް މީހުން ހޮވުމުގައި އުމުރުން 21 އަހަރު ފުރިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮގަސްޓު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

14 ޝައްވާލް 1436

30 ޖުލައި 2015
ހޯދާ