ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސައިކޮޓަރިއާއި މީޓިންގ ރޫމުގައި ކަބަޑު ސެޓު ހަރުކުރުމާއި، ސްޓޮކް ރޫމާއި ސަރވަރ ރޫމަށް ބޭނުންވާ ރެކުތައް ހެދުމުގެ މަސައްކަތާއި ނަމާދުކުރާ ތަނުގެ ޕާރޓިޝަން ހެދުން

އިޢުލާން

 

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސައިކޮޓަރިއާއި މީޓިންގ ރޫމުގައި ކަބަޑު ސެޓު ހަރުކުރުމާއި، ސްޓޮކް ރޫމާއި ސަރވަރ ރޫމަށް ބޭނުންވާ ރެކުތައް ހެދުމުގެ މަސައްކަތާއި ނަމާދުކުރާ ތަނުގެ ޕާރޓިޝަން ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި އިރުޝާދު ދެވިފައިވާ ގޮތަށް މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ، މަސައްކަތްކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ  މިން ނެންގެވުމަށްފަހު، މި އިޢުލާނާއެކު ޝާއިޢު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސެޝަން އަދި މިންތައް ނެންގެވުން

  • މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ، މިމަސައްކަތްތަކަށް ބޭނުންވާ މިންތައް ނެންގުވުމަށް 2025 ފެބްރުވަރީ 11 ވާ ހޯމަ ދުވަހުގެ ހެނަދުނު 11:00 އަށް މި އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ) އަށް ވަޑިގެން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވުން

  • ·       ތާރީޚު: 19 ފެބްރުވަރީ 2025 (ބުދަ)
  • ·       ގަޑި: މެންދުރު ކުރި 10:00 އަށް
  • ·       ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
  • ·       އިތުރު މަޢުލޫމާތު:
  • ގަޑިއަށް ހާޟިރުނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
09 ފެބުރުވަރީ 2025
ހޯދާ