ފީވަކު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
ފީވަކުސްކޫލް
ފީވައް / ދިވެހިރާއްޖެ ނަންބަރު:GS-108/IUL/2025/01
އިޢުލާން
ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ
2025 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާއިގުޅޭ މަޢުލޫމާތު ބީލަން ފޮތުގައިވާނެވެ.
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު |
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް |
2025 ފެބުރުވަރީ 09 ން 13 އަށް |
ރަސްމީ ދުވަސްތަކުގެ 09:00 ން 13:00 އަށް |
- ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ފެބުރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2025 ފެބުރުވަރީ 23 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.
- މިޢުލާނާއެކު ބީލަންފޮތް އެޓޭޗްކުރެވިފައިވާނެވެ.
ފޯން: 6540543 / އީމެއިލް: [email protected]
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ..
09 ފެބުރުވަރީ 2025
ހޯދާ