އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ

             1446 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މިސްކިތުގައި (މަސްޖިދުއްރަޙްމާނުގައި) އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އަގު/ކޯޓޭޝަން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ [email protected]   އަށެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް 9820255 އަށް ގުޅުއްވުން އެދެމެވެ.

             ކޯޓޭޝަން ހުށަހަޅާއިރު ތިރީގައި މި ދަންނަވާ މައުލޫމާތު ކޯޓޭޝަންގައި ހިމަނަން ވާނެއެވެ.

1. ޙާފިޡުގެ ދަތުރު ޚަރަދުތައް (ރާއްޖެއިން ބޭރުން ގެނައުމާއި، އެނބުރި ގައުމަށް ފޮނުވުމުގެ ހަރަދު، އަދި ރަށަށް ފޮނުވުމާއި އެނބުރި މާލެ ދިއުމުގެ ހަރަދު)

2. ޙާފިޡްގެ އެލަވަންސް

3. މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު

4. އިންޝުއަރެންސް އަދި ވިސާ ފީ

5. އިދާރީ ފީ

 

                  ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

06 ފެބުރުވަރީ 2025
ހޯދާ