މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން 2025ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާ ދުވަސް ކަނޑައެޅުން.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ބައްދަލުވުން 2025 ފެބްރުވަރީ 27ވާ ބުރާސްފަތި ދުވަހުގެ ރޭ 08:45ގައި ލޮނުޒިޔާރަތް ޕާކުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

ވީމާ، މި ބައްދަލުވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

07 ޝަޢުބާން 1446

06 ފެބުރުވަރީ 2025
ހޯދާ