ދިވެހިރާއްޖެ
ިރީގައި އެވާ އުޅަނދު ފަހަރަކީ މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދާއި ޚިލާފަށް، އުޅަނދު ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަޙައްދުތަކުގައި އަޅާފައިހުރި އުޅަނދުފަހަރާއި، ރަޖިސްޓްރީ ނަމްބަރ އެއްގޮތަކަށްވެސް ނުޖަހާ ހުރި އުޅަނދުތަކެކެވެ.އަދި މި އުޅަނދު ފަހަރުގެ ސަބަބުބުން ފަޅުގެ ޤަވާޢިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅުބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ލިބިފައިވެއެވެ.
ވީމާ 10 ފެބުރުވަރީ 2025 ގެ ނިޔަލަށް، މިދަންނަވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމަށް ޙަވާލުވެހުރި ފަރާތަކުން ކައުންސިލަށް ހާޞިރުވެ އެކަން އެންގުމަށްފަހު އެ ސަރަހައްދުން އުޅަނދު ނެގުމަށް ދަންނަވަމެވެ. އުޅަނދާއި ބެހޭ ގޮތުން އުޅަނދުގެ ވެރިފަރާތުން ކައުންސިލަށް ހާޒިރުވާއިރު އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ އަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަކާއި،އުޅަނދު ބެލެހެއްޓުމަށް ހަވާލުވެހުރި ފަރާތުން ނަމަ އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް ފަހު އުޅަނދާ ބެހޭ މައްސަލަ ނިންމަވާ އެ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެއުޅަނދުފަހަރު މާލޭ ފަޅުން ނެންގެވުމަށާއި، މިތާރީޚްގެ ފަހުން ނުނަންގަވާ ހުންނަ އެފަދަ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރުކަމަށް ބަލާ ' މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދު ' އާއި އެއްގޮތަށް އެ އުޅަނދު ފަހަރު ނަގާ އެފަދަ އުޅަނދުފަހަރު ބޭއްވުމަށް ވިލިމާލޭ ބަނދަރުން ، މި ކައުންސިލުން ކަނޑައަޅާ ފައިވާ ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. މި ދަންނަވާ އުޅަނދު ފަހަރު ނެގުމާއި، ގެންދިއުމުގެ ތެރޭގަ އާއި ، އަދި ގެންގޮސް ބޭއްވުމަށް ފަހު އުޅަނދާއި ،އުޅަނދުގައިވާ ތަކެއްޗަށް ލިބޭގެއްލުމަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނާއެކު އެ އުޅަނދުފަހަރުގެ މިހާރުގެ ހާލަތު ފެންނަ ފޮޓޯ ހިމެނިފައިވެއެވެ.
ވީމާ،މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
# |
އުޅަނދުގެ ރަޖިސްޓްރީ ނަމްބަރ |
އުޅަނދުގެ ނަން |
އުޅަނދު އަޅާފައިވާ ސަރަހައްދު |
1 |
P4020B.01.01B |
މުނިޔާ |
މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި |
2 |
P4034A.01.10N |
އުންމީދު |
މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި |
3 |
ރަޖިސްޓްރީ ނަމްބަރ ނުޖަހާ |
ނަން ނުޖަހާ |
މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި |
4 |
ރަޖިސްޓްރީ ނަމްބަރ ނުޖަހާ |
ނަން ނުޖަހާ |
މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރި |