ދިވެހިރާއްޖެ
މިލަންދޫގެ 3 މިސްކިތް މަރާމާތު ކުރުން
މިލަންދޫގެ 3 މިސްކިތުގެ ތިރީގައިވާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- މަސްޖިދުލް އިކްރާމް
- ޕޭމަންޓްގައި ފެހިކުލައިގެ ފްލޯޕެއިންޓް ލުން (އަލްވާ)
- 10 ފޫޓުގެ ފެހިކުލައިގެ ލައިސާޓް ޓިނު
- ހިނަވާގެ ބޭރު އަސްކެނި ލައިޓް ހަރުކުރުން
- މިސްކިތު ދޮރުގައި ކުލަލުން
- ހިނަވާގެއަށް '3*'8 މޭޒެއް ޖެހުން (ހުދު ފޮމެކާ ޖަހާފައި)
- 3 ގަނޑު ލައިސާޓް މޮޅު ޓިނު 10 ފޫޓުގެ (ރަތްކުލަ)
2- މަސްޖިދުލް އީމާން
- މިސްކިތުގެ އެތެރެއާއި ބޭރުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުން
- މިސްކިތުގެ އެތެރެއާއި ބޭރުގައި ހުރި ކުލަކެހިފައިވާ ތަންތާނގައި ކުލަލުން (Nippon Linen white BS 10B15)
- ހުރިހާ ސްޕީކަރުތަކަށް އައު ވަޔަރިން އެޅުން
3- މަސްޖިދުއްޞަފާ
- 2 ލައުޑް ސްޕީކަރ
- 2 ސްޕީކަރުގެ ނަރު ގުޅައި ހަރުކުރުން (ZABKZ WL313)
- 15 ޑައުންލައިޓް ހަރުކުރުން (ލެޑް)
- ފާޚާނާތަށީގެ މަތިގަނޑު ހަރުކުރުން (cotto)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
06 އޮގަސްޓު 2015 |
ބުރާސްފަތި |
މެންދުރު ކުރި 11:30 |
ބިޑް ހުށަހެޅުން |
12 އޮގަސްޓު 2015 |
ބުދަ |
މެންދުރު ކުރި 11:30 |
މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
04 ޝައްވާލް 1436