ދިވެހިރާއްޖެ
ޓްރެއިނިންގ ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި އޮތޯރިޓީން 23 އޮގަސްޓު 2015 ން 1 ސެޕްޓެންބަރު 2015 އަށް (ޖުމްލަ 8 ދުވަހަށް) ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި ޓްރެއިނިންގ ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ދުވަސްތަކުގައި މި އޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ވަގުތު |
ތަން |
މަޢުލޫމާތު ކަރުދާސް ދޫކުރުމާއި ރަޖިސްޓަރީކުރުން |
09 އޮގަސްޓު 2015 (އާދީއްތަ) |
10:00ން 14:00 އަށް |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ) |
އަންދާސީހިސާބު ހުށަހެޅުން |
11 އޮގަސްޓު 2015 (އަންގާރަ) |
14:00 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ) |
ނޯޓް: 09 އޮގަސްޓު 2015 ވަނަ ދުވަހު ރަޖިސްޓަރީނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
13 ޝައްވާލް 1436