ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިސާސް ތެރޭގައިވާ ފަޅާ، ފަރާއި، ގިރިއާއި،ކުޅި ފަދަ ތަންތަނުގައި މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ކުއްޔަށް ދިނުމާއި ގުޅޭ ގަވާއިދު

ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިސާސް ތެރޭގައިވާ ފަޅާއި، ފަރާއި، ގިރިއާއި،ކުޅި ފަދަ ތަންތަނުގައި މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ކުއްޔަށް ދިނުމާއި ޤަވާޢިދު                    

 އިބްތިދާއީ މާއްދާތައް

ތަޢާރަފް ނަން 

  1. 1.      (ހ) މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (އ) އަދި (ޅ) އިން ލިބިދޭ ބާރުގެ ދަށުން، ގަވާއިދު ނަންބަރު R-75/2020 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ގަވާއިދު ނަންބަރު 2020/R-91 (މަސްވެރިކަމުގެ މަޝްރޫޢުތައް ހިންގުމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) އަދި ކައުންސިލްގެ ފަޅުތައް ކުއްޔަށް ދިނުމަށް ހަދާފައިވާ އުޞޫލުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

 

      (ށ) މި ގަވާއިދަށް ކިޔާނީ، " ގއ. ކޮލަމާފުށީ ކައުންސިލްގެ އިޚްތިސާސް ތެރޭގައިވާ ފަޅާ، ފަރާއި، ގިރިއާއި،ކުޅި ފަދަ ތަންތަނުގައި މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ކުއްޔަށް ދިނުމާއި  ގުޅޭ ގަވާއިދެ" އެވެ.

 މަޤްޞަދު   

2. މި ގަވާއިދުގެ  މަޤްޞަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

       (ހ) ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިވާ ފަޅު، ކަނޑު، ގިރި، ހާ، ކުޅި އަދި އެފަދަ ތަންތަން ކުއްޔަށް ދިނުމުގައި ވީހާވެސް ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަކަށް، ރައްޔިތުންނަށް ނަފާ ލިބޭގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަޙައްދުގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމާއެކު މަޝްރޫޢުތައް ކުރިއަށް ގެންދިއުން.

      (ށ) މަޝްރޫޢުތައް ހިންގާ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި ރައްކާތެރިކަން ކަށަވަރުކުރުން

ގަވާއިދަށް ޢަމަލުކުރުން

 3 .މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ  ދުވަހުން ފެށިގެންނެވެ.

 

4. (ހ) މިޤަވާޢިދުގެ ދަށުން ދިވެހިން ނުވަތަ ބޭރުގެ ފަރާތްތަކުން ވެސް ޕްރޮޖެކްޓް ހުށަހެޅިދާނެއެވެ. މި ޤަވާއިދުގެ ދަށުން ދޫކުރެވޭ ކޮންމެ އަކަފޫޓަކަށް ނެގޭނީ  -/0.05 (ފަހެއް ލާރި) އެވެ.

    (ނ) މި ޤަވާޢިދުގެ  ދަށުން ހުއްދަ ދެވޭ މަޝްރޫޢުތައް ހިންގުމުގައި އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ:

  1. ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން
  2. މަސްވެރިކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން
  3. ކަނޑައެޅިފައިވާ މުއްދަތުގައި މަޝްރޫޢު ނިންމުން
  4. ކައުންސިލަށް ދައްކަންޖެހޭ ކުލި ގަވާއިދުން ދެއްކުން
  5. މަޝްރޫޢުގެ ތަފްޞީލީ ރިޕޯޓު ކައުންސިލަށް ހުށަހެޅުން

 

5-ހުއްދަ ދިނުން

  މިޤަވާޢިދުގެ ދަށުން ދޫކުރެވޭ ފަޅާއި، ފަރާއި، ގިރިއާއި،ކުޅި ފަދަ ތަންތަން ދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.

(ހ) މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ވަޒަންކުރުން

(ށ) މަޝްރޫޢުގެ މާލީ ޤާބިލުކަން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުން.

      (ނ)މަޝްރޫޢުގެ ދެމެހެއްޓެނިވި ކަން ކަށަވަރުކުރުން.

 

6-ހުއްދައަށް އެދުން

(ހ) މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކުރަން ބޭނުންވާ މަސައްކަތެއް ކުރުމުގެ ހުއްދަ ކައުންސިލުން ހޯދަންވާނެއެވެ. އަދި ދައުލަތުގެ އެހެން އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ހޯދުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.

  (ނ) ކައުންސިލުން ފަޅުތެރޭގައި މަސްވެރިކަން ކުރުމަށް ހަދާފައިވާ އުސޫލުގެ ދަށުން ކައުންސިލުން ބަލަންޖެހޭ ކަންކަން    ބެލުމަށްފަހު، ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ:

  1.  އެ ސަރަޙައްދުގެ ޤުދުރަތީ ވެއްޓަށް މަޝްރޫޢު ފެށުމުގައި ނުވަތަ ދިގުމުއްދަތެއްގައި ލިބިދާނެ ގެއްލުމާއި ފައިދާ.

  1. ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަ ނަގާފައިވޭތޯ.
  2. މަޝްރޫޢާ ގުޅިގެން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވޭތޯ ބެލުން.

 

  (ރ) މި ޤަވާއިދުގެ 5 (ހ) ގައި ބުނާ ހުއްދަ ހޯދުމަށް ހުށަހަޅާ މަޝްރޫޢަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ މަޝްރޫޢެއްނަމަ، ހޯދަންޖެހޭ މަޢުލޫމާތުތަކާއި، ދިރާސާތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށް ގިނަވެގެން 30 (ތިރީސް) ދުވަހުގެ އިތުރު މުއްދަތު ތެރޭގައި ހުއްދަ ދިނުމަށް ލަސްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

  (ބ) މި ޤަވާޢިދުގެ 5 ވަނަ މާއްދާގައި ބުނާ ޙާލަތުގައި ކައުންސިލުން ގޮތެއް ނިންމާނެ މުއްދަތެއް ލިޔުމުން މަޝްރޫޢު ހިންގާ ފަރާތަށް ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ. 

  (ޅ) މިޤަވާޢިދުގެ ދަށުން ކުއްޔަށް ނަގާ ސަރަޙައްދު ގައި ކުރަން ހުށަހަޅާ މަސައްކަތެއް އެސަރަޙައްދުގައި ނުކުރެވޭނެ ނަމަ ނުވަތަ އެސަރަޙައްދކީ އެކަށީގެންވާ ޖާގަ ހިމެނޭ ސަރަޙައްދަކަށް ނުވާ ނަމަ އެކަމަށް އިތުރު ސަރަޙައްދެއް ކައުންސިލުން ދެއްކި ދާނެއެވެ.

  

ކުލި ކަނޑައެޅުން

6- (ހ) މި އުސޫލުގައި ބުނާ ތަންތާގައި ކުރާ މަސައްކަތް ވާންވާނީ ދިވެހި ސަރުކާރަށާއި، ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާ ކަމަކަށެވެ.

  (ށ) ފަޅު ނުވަތަ ފަރު ހޯދުމަށް އެދޭ ފަރާތަކީ މާލީގޮތުން އެކަމެއް ކުރެވިދާނެ ފަދަ ޤާބިލު ފަރާތެއްތޯ ބެލެވޭނެއެވެ

  (ނ) ކުއްޔަށް ހިފަން ހުށަހަޅާ ސަރަޙައްދަކީ އެކަމެއް ކުރެވިދާނެ ސަރަޙައްދަކަށް ވުން.

  (ރ) ހުށަހަޅާ ފަރާތުން ޕްރޮޖެކްޓްގެ ތަފްޞީލުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ކަރަންޓާއި ފެން ހޯދުމަށް ގަސްތުކުރާގޮތް
  2. މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްޞީލު
  3. މަސައްކަތަށް ނަގާ ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ ލަފާކުރެވޭ އަދަދު
  4. ނަގަން ބޭނުންވާ ތަނާއި، ބޮޑުމިން އަދި ނަގަން ބޭނުންވާ އަހަރު ދުވަހާއި މުއްދަތު

 5- މި ޤަވާޢިދުގައި  މި މާއްދާގައި ބުނާ ޝަރުޠުތަކުގެ އިތުރުން، ޤުދުރަތީގޮތުން ދިމާވާ ކާރިސާތަކާއި، ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ މަޝްރޫޢެއްނަމަ އެކަމަކާ ގުޅިގެން އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުން އިތުރު ޝަރުޠު ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

7- ފިޔަވަޅު އެޅުމާއި ހުއްދަ ބާތިލު ކުރުން

  (ހ) މި ޤަވާޢިދުގެ ދަށުން ދޫކުރެވޭ ހުއްދަތައް ބާޠިލުކުރެވިދާނެ ޙާލަތްތައް:

  1. މި ޤަވާޢިދުގެ ދަށުން ހެދޭ އެއްބަސްވުމާއި ޚިލާފުވުން
  2. ކަނޑައެޅިފައިވާ މުއްދަތުގައި މަޝްރޫޢު ނުފެށުން ނުވަތަ ނުނިންމުން
  3. ކައުންސިލަށް ދައްކަންޖެހޭ ކުލި ގަވާއިދުން ނުދެއްކުން

4-(ހ) އެހެން ޤާނޫނަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މި އުޞޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މި އުޞޫލުގައި ހިމެނިފައިވާ ކަމެއް ކުރުމުން، މި އުޞޫލުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެ ކުށެއް ކުރި ފަރާތަކާމެދު ޢަމަލުކުރުމުގެ އިޚްތިޔާރު ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލަށް ލިބިގެންވެއެވެ

(ށ) ފުރަތަމަ ފަހަރު އުޞޫލާ ޚިލާފުވެއްޖެނަމަ، އެ ފަރާތަކަށް ލިޔުމުން އެކަން އަންގައި، އިޞްލާޙުކުރަން އެންގުން

(ނ) ދެވަނަ ފަހަރު އުޞޫލާ ޚިލާފުވެއްޖެނަމަ، 10,000/- (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން

(ރ) މި ގޮތުން އިޞްލާޙުނުކޮށްފިނަމަ އެއްބަސްވުން ބާޠިލުކުރުން

(ބ) މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ނުވަތަ ފަރުގެ ދިރުމަށް ނޭދެވޭ އަސަރެއް ކުރާކަން ފާހަގަކުރެވޭ ނަމަ ނުވަތަ އެހެން ޤާނޫނަކުން މަނާ ކުރާ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އެކަމާއި ގުޅުން ހުރި އިދާރާއަކުން އެކަމެއް ބެލުމަށް ފަހު އެއްވެސް ޖޫރުމަނާ އެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެފައިސާ ދައްކަންޖެހޭނީ  ކުއްޔަށް ނަގާ ފަރާތަކުންނެވެ.

(ޅ) މި އުޞޫލުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ދައްކަންވާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ

(ޅ) މި އުޞޫލުގެ ދަށުން އެޅޭ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވެއެވެ. ޝަކުވާ ހުށަހަޅާނީ ކައުންސިލަށެވެ

 

މާނަކުރުން

7 . މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައިވަނީ، އެ ލަ ފުޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢެއްގެ ދަށުން ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ ރާއްޖޭގެ ބިނާވެށީގެ ޕްލޭނުގެ ދަށުން ކުރިންސުރެ ވަކި ކަމަކަށް ރޭވިފައިވާ ޤައުމީ މަސައްކަތަކަށް، ނުވަތަ މުޅި ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ފަދަ މަޝްރޫޢެއް ހިންގުމަށެވެ.

  (ށ) "ކައުންސިލުގެ އިޙްތިޞާސް " ކަމުގައި ބުނެފައި އެވަނީ، ކޮލަމާފުށީ ކައުންސިލްގެ ޒިންމާގެ ދަށުގައިވާ މިކައުންސިލާއި ބެލުމުގެ    ޒިންމާ ހަވާލުކޮށްފައިވާ ތަންތަނަށެވެ.

  (ނ) މަޝްރޫޢު": މި އުޞޫލުގެ ދަށުން ހުއްދަ ދެވޭ މަސްވެރިކަމާއި ފަޅުގޮވާންކުރުމުގެ މަސައްކަތްތައް

  (ރ) ފަޅު": ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަނޑާއި، ފަރާއި، ގިރިއާއި، ހާހަލާޢި ކުޅިފަދަ ތަންތަން

  (ބ) ހުއްދަ": މި ޤަވާޢިދުގެ ދަށުން ކައުންސިލުން ދޫކުރާ މަޝްރޫޢު ހިންގުމުގެ ހުއްދަ

  (ޅ) ކުލި": މަޝްރޫޢު ހިންގުމަށް ކައުންސިލަށް ދައްކަންޖެހޭ ފައިސާ

  (ކ) ތިމާވެށި": ދިރޭތަކެއްޗާއި އެތަކެތީގެ ވެށި އަދި އެތަކެތި ދިރިއުޅޭ މާޙައުލު

  (އ) ޤާނޫނު": ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7)

  (ވ) މި ޤަވާޢިދުގައި ނުހިނެމޭ ކަމެއް ނުވަތަ ޙާލަތެއް ،މެދުވެރިވެއްޖެ ނަމަ އެކަމެއް ކައުންސިލަށް ހުށަހަޅައި ހައްލު ހޯދާނީ އެވެ. މިގޮތައް ދެފަރާތް އެއްބަސްވާ ޙައްލެއް ނުލިބިޖެނަމަ އެކަމެއް ބަލައި ގޮތް ނިންމާނީ ރާއްޖޭގެ ޝަރުޢީ އިދާރާއަށް ހުށަހަޅައިގެންނެވެ.

05 ފެބުރުވަރީ 2025
ހޯދާ