ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުސަތު:

1 (އެކެއް)

ބޭނުންވާ އަދަދު

188-OD/22/2018/8

މަޤާމުގެ ނަންބަރު:

ސީނިއަރ ސްކޫލް ހެލްތު އެސިސްޓެންޓް

މަޤާމް:

ލ. މާބައިދޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

ލ. އަތޮޅު މަދަރުސާ

އޮފީސް:

 

ސަރވިސް

އެލަވަންސް

މަޤާމުގެ

އަސާސީ

މުސާރަ

މަޤާމުގެ

ޝަރުޠު

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ރޭންކް

މަޤާމުގެ

ނަން

 

-/2000 ރުފިޔާ

-/5610 ރުފިޔާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އެމް. އެސް. 1

ސީނިއަރ ސްކޫލް ހެލްތު އެސިސްޓެންޓް

1. ދަރިވަރުންނަށާއި، މުވައްޒަފުންނަށާއި، ބެލެނިވެރިންނަށް އަމާޒްކޮށްގެން ޞިއްޙީ ޕްރޮގުރާމްތައް ރާވައި ހިންގުން.

2. ދަރިވަރުންގެ ހެލްތް ޗެކަޕް ޕްރޮގުރާމް ރާވައި ހިންގުން.

3. ހެލްތު ރޫމް ބެލެހެއްޓުން.

4. ހެލްތު ރޫމުން ފަސްޓައިޑް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.

5. ސުކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން.

6.  ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

7. ދަރިވަރުންގެ ހެލްތު ޗެކަޕް ހެދުމާއި، ދަރިވަރުންގެ މެޑިކަލް ރިޕޯޓްތައް ހަދައި، ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުން.

8. ކުރިއަށްއޮތް އަހަރު ސުކޫލް ހެލްތް ޕްރޮގުރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި އެޑިޔުކޭސަން މިނިސްޓްރީއަށް ފޮނުވުން.

މަޤާމުގެ

މަސްއޫލިއްޔަތު:

ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް

ދެވޭ އުޖޫރަތައް:

- ތަޢުލީމާއި ތަމްރީން

- މަސައްކަތު ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.

3. ސަރުކާރުގެ  ނުވަތަ  ސިވިލް  ސަރވިސްއަށް  ޚިދުމަތްކުރުމަށް  ބޮންޑެއްގައި  ހުރި  މުވައްޒަފަކު  މި  ވަޒީފާއަށް ހޮވިއްޖެނަމަ، މި މަޤާމަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމަށް މިހާރު ވަޒީފާ އަދާކުރާ އޮފީހުން ދެއްވާފައިވާ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ.

6. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފު މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާނީ، ލ. އަތޮޅު މަދަރުސާއަށެވެ.

ހުށަހަޅަންވީ ގޮތް:

2015 އޮގަސްޓު 10 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

ސުންގަޑި:

- އިންޓަވިއު އޮންނާނީ، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެރޭ 30 20 ގައި  ލ. އަތޮޅު މަދަރުސާގައެވެ.

އިންޓަވިއު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.   

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7980786 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ