ދިވެހިރާއްޖެ
2025 ފެބުރުވަރީ 06 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، އެ ދުވަހު އުތީމުގަނޑުވަރާއި ޤައުމީ ދާރުލްއާސާރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.
އިސްވެ ދެންނެވި ދުވަސް ފިޔަވައި އުތީމުގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 13:30 އަށެވެ. ހުކުރު ދުވަހާއި ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމުގަނޑުވަރު ބަންދުވާނެއެވެ.
ޤައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 ން 16:00 އަށެވެ. ޓިކެޓު ވިއްކާނީ 10:15 ން 15:30 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ޤައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.
ގދ.ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 ން މެންދުރު 14:00 އަށެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 13:30 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.
06 ޝަޢުބާން 1446 ހ.