މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އިސްލާމިކް ފައިނޭންސް ސެކްޝަން / ފައިނޭންޝަލް އެންޑް ކޮންސިއުމަރ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިސްލާމިކް ފައިނޭންސް ނުވަތަ އެކައުންޓިން ނުވަތަ ބޭންކިން ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ފައިނޭންޝަލް ސެކްޓަރގެ ދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން (އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް ރެގިއުލޭޝަން ނުވަތަ ޕޮލިސީ ފޯމިޔުލޭޝަން އަދި އެނަލިސިސްގެ ދާއިރާގެ ތަޖްރިބާ)

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި ގޮންޖެހުންތަކުގެ ދިރާސާތައް ކުރުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ޕޮލިސީތައް އެކުލަވާލުމާ ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތްތައްކުރުމާއި އިސްލާމިކް ފައިނޭންސްއާ ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ ލަފާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

23,000.00 – 29,800.00 ރުފިޔާ

މަޤާމް:

އޮފީސް އެސިސްޓަންޓް

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އަސާސީ ފެންވަރުގެ ތަޢުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން.
  • B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން.
  • އެއްގަމު އުޅަނދު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭ އިން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ގެންދިއުމާއި އެފަދަ ތަކެތި ތަންތަނުން ގެނައުމާއި އެމްއެމްއޭގެ ވެހިކަލްތައް ދުއްވުން

މުސާރަޔާއި އިނާޔަތްތައް

7,500.00 – 9,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

13 ފެބުރުވަރީ 2025 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

05 ފެބުރުވަރީ 2025
ހޯދާ