ދިވެހިރާއްޖެ
މި ވުޒާރާގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމް ޑިޕާޓްމަންޓުގެ ދަށުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގެ ދާއިރާއިން މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ވުޒާރާގެ ފަރާތުން ކޮންސަލްޓަންޓެއްގެގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ (ކޮންޓްރެކްޓް)  | 
| 
 މަޤާމުގެ މުއްދަތު:  | 
 01 އަހަރު (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް)  | 
| 
 މުސާރަ:  | 
 28,810.00 ރުފިޔާ  | 
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައިޑެންޓިޓީ ކާޑް ކޮޕީ، ސީވީ، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސް ސެކްޝަން
މާލީ ވުޒާރާ
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 1617
އީމެއިލް އެޑްރެސް: [email protected]
