ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމާއި ބެހޭ

                    މި އިދާރާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ (ފީ، ކުލި، ޖޫރިމަނާ ފައިސާ) އަދި ސަރުކާރުގެ އެކި ވުޒާރާތަކަށް ފޮނުވުމަށް މި ކައުންސިލުން ބަލައިގަންނަ ފައިސާ 01 މާރޗް 2025 އިން ފެށިގެން ނަގުދު ފައިސާ އިން ބަލައިގަތުން ހުއްޓާލައި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކަމަށް މި ކައުންސިލްގެ 192 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

                    ވީމާ، 01 މާރޗް 2025 ވަނަ ދުވަހުން ފެށިގެން އިދާރާއަށް ދައްކަންޖެހޭ ފައިސާ ދައްކަވަމުން ގެންދަވާނީ ކަމާ ގުޅުންހުރި އެކައުންޓްތަކަށް ޓްރާންސްފަރ ކޮށްގެން ކަމުގައި ދަންނަވަމެވެ. ފައިސާ ޓްރާންސްފަރ ކުރާއިރު ސްލިޕްކޮޅުގައި ކޮންފަރާތަކުން ދެއްކި ފައިސާއެއްކަމާއި ކޮންބޭނުމަކު ދެއްކި ފައިސާއެއްކަން އެނގޭ ގޮތަށް މިސާލަކަށް (Fathimath Mohamed, Gofikolhu, HA.Baarah, (ID:A000004) Neelamuge faisaa)  މިގޮތަށް ލިޔުއްވުން އެދެމެވެ. ފައިސާ ޖަމާކުރުމަށްފަހު މިއިދާރާގެ ފޯން ނަންބަރު 7930016 އަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. އަދި މި ބަދަލާއި ގުޅިގެން ޚިދުމަތުގެ އަގު އަދި އެކިއެކި ފަރާތްތަކަށް ރައްދުކުރުމަށް ކައުންސިލާއި ޙަވާލުކުރާ ފައިސާ އަދި އެހެނިހެން ފައިސާ ޖަމާކުރަންވީ އެކައުންޓްތަކުގެ ތަފްޞީލު ހިމެނޭ ތާވަލެއް އެއްކަރުދާސްކުރެވިފައިވާނެއެވެ.

                    މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     06 ޝަޢުބާން 1446

05 ފެބުރުވަރީ 2025
ހޯދާ