މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 ވޯލްޓް ގެ 50 ލެޑް ލައިޓް ( ކޫލް ވައިޓް ) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރުން

އިޢުލާން 

ކޯޓޭޝަން ހޯދުން

މި ކައުންސިލުން ހަރުކުރާ މަގުބައްތިތަކަށް ބޭނުންވާ 50 ވޯލްޓް ގެ 50 ލެޑް ލައިޓް ( ކޫލް ވައިޓް ) ފޯރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 މި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ފިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: (19/2014 ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: (18/2014 ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

 ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބްރުއަރި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ތަކެތި ފޯރުކޮށްދޭނެ އަގު އަދި މުއްދަތު އިނގޭނެހެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި އެކު ލައިޓްތަކާގުޅޭ ސްޕެސިފިކޭޝަން އާއި ފޮޓޯ ހިމެނިފައިވާނެއެވެ. މެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރ 6720508 ފޯނާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 ފެބުރުވަރީ 2025
ހޯދާ