ދިވެހިރާއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ބިލްޑިންގއަށް ބަދަލުތަކެއް ގެންނަން ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/74)ފ(02 ޖުލައި 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވީ ދެފަރާތަކުން ކަމަށްވާތީ، މި އިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ބިލްޑިންގއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ / ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
17 ޝައްވާލް 1436